Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 22:40
ކަސްޓަމްސްގެ މުވައްޒަފުންތަކެއް
ކަސްޓަމްސްގެ މުވައްޒަފުންތަކެއް
ކަސްޓަމްސް
ކަސްޓަމްސް
ކޮރަޕްޝަންގެ ތުހުމަތުގައި ކަސްޓަމްސްގެ އިސް މުވައްޒަފަކު މަގާމުން ވަކިކޮށް ޖިނާއި ދައުވާ ކުރަނީ
ވަކި ކޮށްފައިވަނީ މިދިޔަ ހަފްތާގައި
މައްސަލަ ބަލަމުންދާ ކަމަށް ކަސްޓަމްސް އިން ބުނި

ކޮރަޕްޝަނުގެ މައްސަލައެއްގައި ކަސްޓަމްސްގެ އިސް މަގާމެއްގައި ހުންނެވި މުވައްޒަފަކު މަގާމުން ވަކިކޮށް ޖިނާއި ދައުވާކުރަން ނިންމައިފިއެވެ.

އެކަމާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ މީޑިއާ އޮފިސަރު ފާތިމަތު ޝިފާޒާ ވިދާޅުވީ، ކޮރަޕްޝަންއާ ގުޅުންހުރި މައްސަލައެއްގައި މިދިޔަ ހަފްތާގައި އެ އިދާރާގެ މުވައްޒަފަކު ވަޒީފާއިން ވަކި ކޮށްފައިވާ ކަމަށެވެ. އައި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

Advertisement

ރާއްޖެ.އެމްވީ އަށް އެނގިފައިވާގޮތުން ކަސްޓަމްސްގެ ޕްރޮސީޖަރގެ ތެރެއިން ވަކި ބަޔަކަށް ފާއިދާ ހޯދާ ދޭން އުޅުނު މައްސަލަ އެއް ބެލުމަށް ފަހު ކަސްޓަމްސްގެ އިސްވެރިއަކު މަގާމުން ވަކިކޮށްފައިވެއެވެ.

މި ސަރުކާރުން ކޮރަޕްޝަނަށް ގެންގުޅެނީ ޒީރޯ ޓްލެރެންސްއެވެ. އެގޮތުން މީގެ ކުރިން ވެސް ސަރުކާރު ތެރޭގައި ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް މަސައްކަތް ކޮށްފައިވާ ބައެއް ފަރާތްތަކުގެ މައްސަލަ ވަނީ ބަލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
30 ސެޕްޓެންބަރ 2019 | ހޯމަ 09:07
ގަނޑިޔަ
ކޮބާތޯ ސިނގިރެޓް ކޮންޓެއިނަރ ، ލޭންޑިން ކުރާފްޓް، ލޯންޗު އަދި އެނެޖީ ޑުރިންކްސް، އަގުކުޑަކޮށް އެރެކޮއްދޭން އެހީތެރިވެދިން މީހުންގެކަންތައް!
30 ސެޕްޓެންބަރ 2019 | ހޯމަ 01:45
އަދި ލިސްޓް އޮތީ
އަދި ލިސްޓް އޮތީ
29 ސެޕްޓެންބަރ 2019 | އާދީއްތަ 22:51
ޙަލީޖް
ހަމްދޫންތަ
29 ސެޕްޓެންބަރ 2019 | އާދީއްތަ 22:50
ޙަލީޖު
މުއާޒްތަ
29 ސެޕްޓެންބަރ 2019 | އާދީއްތަ 22:47
ޖުލައި
ޒީރޯ ޓޮލަރެންސްގެ ދަށުން ހަނަފީ ގެ މައްސަލަ ވެސް ބެލުމަށް ސަރުކާރުގަ އެދެން