Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 22:33
ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ އަބޫ ހަނީފް
ރާއްޖެއިން ޑީޕޯޓްކޮށްލާފައިވާ އަބޫ ހަނީފް
ޓްވިޓަރ
ގަވައިދާ ޙިލާފަށް އުޅޭ ބިދޭސީން
އަބޫ ހަނީފަކީ ބަނޑަހަ ފައިނޭންޝަލްގެ ހިއްސާދާރެއް ނޫން
ބަނޑަހަ ފައިނޭންޝަލްގެ ތިން ހިއްސާދާރުންނަކީވެސް ދިވެހިން
އަބޫ ހަނީފަކީ ބަނޑަހަ ކެފޭގެ ސުޕަވައިޒަރެއްގެ ވަޒީފާ އަދާކުރާ މީހެއް
ބަނޑަހަ ފައިނޭންޝަލްގެ ވެސްޓަރން ޔޫނިއަން އޮޕަރޭޝަންގައި ހަނީފްގެ ދައުރެއް ނޯވޭ

މިފަހުން ރާއްޖެއިން ޑީޕޯޓްކޮށްލެވުނު ބަންގްލަދޭޝްގެ އަބޫ ހަނީފަކީ ބަނޑަހަ ފައިނޭންޝަލްގެ ހިއްސާދާރެއް ނޫންކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ރާއްޖެއެމްވީއިން ކުރި މަސައްކަތުން، ބަނޑަހަ ފައިނޭންޝަލްގައި އެއްވެސް ބިދޭސީއެއްގެ ހިއްސާއެއް ނެތްކަން ވަނީ ކަށަވަރުވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބެނީ ތިން ދިވެހިންނެވެ. އަދި ކުންފުނީގައި ޖުމްލަ 13 މީހަކު މަސައްކަތްކުރާއިރު، އޭގެ ތެރެއިން އެކަކު ފިޔަވާ ދެންތިބި އެންމެންނަކީ ދިވެހިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އަބޫ ހަނީފަކީ ބަނޑަހަ ކެފޭގެ މުވައްޒަފެކެވެ. އޭނާ އެތަނުގައި އަދާކުރަމުން ދިޔައީ ސުޕަވައިޒަރެއްގެ ވަޒީފާއެވެ. އަދި އޭނޭގެ ސްޕޮންސަރަކީ ބަނޑަހަ ފައިނޭންޝަލްގެ އެންމެ ބޮޑު ހިއްސާދާރެވެ. ބަނޑަހަ ކެފޭއަކީ އެ ހިއްސާދާރުގެ ނަން މަތީގައި ރަޖިސްޓްރީ ކޮށްފައިވާ ލޯކަލް އިންވެސްޓްމަންޓެކެވެ. ހަނީފް ބަނޑަހަ ކެފޭގެ މުވައްޒަފަކަށްވީ، ރާއްޖޭގެ ދެތިން ތަނެއްގައި މަސައްކަތް ކުރުމަށް ފަހުގައެވެ.

މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯދާލުމުގެ ގޮތުން، ބަނޑަހަ ފައިނޭންޝަލްގެ އިސްފަރާތްތަކާ ރާއްޖެއެމްވީއިން ސުވާލުކުރުމުން، އެ ފަރާތްތަކުން ވަނީ އަބޫ ހަނީފަކީ ބަނޑަހަ ފައިނޭންޝަލް މެދުވެރިކޮށް އެއްވެސް ވިޔަފާރިއެއް ކުރާ މީހެއް ނޫންކަމަށާއި އޭނާއަށް އެތަނުން އެއްވެސް ފައިސާއެއް ލޯންޑަރ ކުރުމުގެ ފުރުސަތެއް ނޯންނާނެކަމަށް ބުނެފައެވެ.

އެފަރާތުން ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކަކީ އެއްވެސް ކަހަލަ ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށާއި، އެއީ ބަނޑަހަ ފައިނޭންޝަލްގެ ވިޔަފާރި ފުނޑާލުމުގެ ގޮތުން ބަޔަކު ރާވައިގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކުރާ ތުހުމަތުތަކާއި ގުޅިގެން ކުރިޔަށްދާ ތަހުގީގުތަކަށް އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ތިބިކަމަށްވެސް ބަނޑަހަ ފައިނޭންޝަލުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ބަނޑަހަ ފައިނޭންޝަލްއިން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވަނީ ވެސްޓަރން ޔޫނިއަން މެދުވެރިކޮށް ކަމަށާއި، އެތަނުގެ ގަވައިދުތައް އޮންނަ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ރެމިޓެންސް ޓެކްސް ނުދައްކާ ފައިސާ ފޮނުވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

Advertisement

އަދި އެތަނުން ކުރާ ހުރިހާ މުއާމަލާތްތަކާއި ބެހޭ ތަފްސީލީ ރެކޯޑްތައް ބަލަހައްޓަމުންދާ ކަމަށާއި، ކޮންމެ ހަފުތާއަކީ އެއް ފަހަރު އެމްއެމްއޭއަށް ރެކޯޑްތައް ފޮނުވަމުންދާ ކަމަށް ބަނޑަހަ ފައިނޭންޝަލްއިން މައުލޫމާތު ދީފައިވެއެވެ. ހުރިހާ ކަމެއްވެސް ކުރަމުން ދަނީ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ހަނީފް މަނީ ލޯންޑަރ ކުރާނަމަ އެކަން ކުރަނީ ބަނޑަހަ ފައިނޭންޝަލްގެ ތެރެއިން ނޫންކަމަށް ތަކުރާރުކޮށް އެކުންފުނިން ވާހަކަދެއްކި ފަރާތްތަކުން ބުނެފައިވާ އިރު، ފުރިހަމަ ތަހުގީގެއް ހިންގައިފިނަމަ މިކަން ހާމަވެގެން ދާނެކަމަށް ބަނޑަހަ ފައިނޭންޝަލްއިން ބުނެފައިވެއެވެ.

ރާއްޖޭގެ ބައެއް އޮންލައިން މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށް ބަނޑަހަ ފައިނޭންޝަލްއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހަނީފް ޑީޕޯޓްކޮށްލި މައްސަލައާ ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ، އޭނާ ޑީޕޯޓްކޮށްލި އިރު، ކުށުގެ އަމަލުތަކެއްގައި ބައިވެރިވެފައިވާ މީހެއްކަން ނޭނގޭ ކަމަށެވެ. ހަނީފްވެސް ވަނީ އޭނާއަށް ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ.

ގާނޫނާ ހިލާފުވީ ކަމަށް ބުނެ، ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހަނީފް ވަނީ ރާއްޖެއިން ޑީޕޯޓްކޮށްލާފައެވެ. ހަނީފް ޑީޕޯޓްކުރީ ފުރަން ގޮސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓައެވެ.

Advertisement

Advertisement
- ކޮމެންޓް
3 އޮކްޓޯބަރ 2019 | ބުރާސްފަތި 22:29
ޝަން
ބަންގާޅީން ހިންގާ ހުރިހާ ވިޔަފާރިތަކެއްގެވެސް ވެރިންނަކީވެސް ދިވެހިން. ތިއީ އާވާހަކައެއްނޫން.
1 އޮކްޓޯބަރ 2019 | އަންގާރަ 18:32
ޢަލީ
ދުވާލު އިރުއެނގޭފަދައިން ތިދިވެހިމީހާ ހަދަނީ ދޮގުކަން މިހާރު އެނގިއްޖެ.
30 ސެޕްޓެންބަރ 2019 | ހޯމަ 08:54
އައްޔުބް
ނަމެއްގައި ތިމީހާ ވެރި މީހާ އަކަށް ނުވެދާނެ، އެކަމަކު ހީ އިޒް ލައިކްލީ ދަ ޑިފެކްޓޯ އޯނަރ. މިފަދައިން ދިވެހި ޤައުމަށް ހަރާމްކޯރި ވާ މިފަދަ ދިވެހިންގެ ސަބަބުން ޤައުމަށް ނުހަނު ބޮޑެތި ގެއްލުން ލިބޭ. ދިވެހިންގެ ނަމުގައި ވިޔާފާރިކުރާ ހުރިހާ މީހުންނަށް އަދަބު ދެވެން އެބަޖެހޭ، ޤާނޫން މިކަންތަކަށް އެޑްރެސް ކުރެވެންޖެހޭ. ކައިރީގައި އޮތް އިންޑިއާއ ފަދަ ތަންތަނުން އެންމެ ކުޑަމިނުން ބިދޭސީ އަކަށް އިންޑިއާ މީހެއްގެ ނަމުގައި ސިމް އެއްވެސް ނުނެގޭ. ރާއްޖޭގައި ބައިވަރު ކުންފުނި ދިވެހިންގެ ނަމުގައި ބޭރު މީހުންކުރޭ.
29 ސެޕްޓެންބަރ 2019 | އާދީއްތަ 22:44
ހުސްނީ
އާން ދެން ހަނަފީއަށް ލާރި ކޮޅެއް ދިނީމަ އޭނާއަކީ އަލިފެއް.. ކިހިނެއް މިވަރު މީހަކު ފަސްޓު ކުލާސް ދަތުރުކުރާނީ؟