Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 14:41
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ޝުއައިބް މުހައްމަދު އިގްބާލް
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބަށް 7 ދައުވާއެއް އުފުލައިފި
އެމްއެމްޕީއާރުސީގެ މައްސަލައިގައި އަދީބުގެ މައްޗަށް ހަތް ދައުވާއެއް ވަނީ އުފުލާފައި
އަދީބު ގެންދަވަނީ ތިން މަހާއި 18 ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުން
އަދީބު ހުންނެވީ މިވަގުތު ގޭ ބަންދުގައި

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލައި ޕްރޮސެކިއުޓަރ ޖެނެރަލް( ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

އެ ހަތް ދައުވާއަކީ ވެސް އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން އުފުލި ދައުވާތަކެއް ކަމަށް ޕީޖީއިން ބުނެއެވެ.އަދި ހަތް ދައުވާއެއް އުފުލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރިޔާސީ ކޮމިޝަނުން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެން ކަމަށެވެ. މި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުވާ ކޮށްދޭން ހުށަހަޅާފައި ވަނީ މި މަހުގެ 21 ގައި ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ މައްސަލައެއްގައި މީގެ ކުރިން ވެސް އަދީބުގެ މައްޗަށް ވަނީ ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ. ނަމަވެސް އެ ހުކުމް ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ. އެ ހުކުމް ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން ދައުލަތުން ވަނީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދީބު ޚިޔާނާތްވި ކަމަށް ކަނޑައަޅައި ކުރި އަށް އަހަރުގެ ހުކުމަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ.

Advertisement

ދައުލަތުން ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލާފައިވާއިރު އޭނާ މިހާރު ގެންދަވަނީ ޅ. މާބިން ހުރާ މައްސަލަ ދައުލަތުން އިސްތިއުނާފުކޮށް އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް ރާއްޖެއިން ބޭރަށް ފިއްލަވައި ވަޑައިގެންނެވި މައްސަލައިގައި ގާނޫނު ތަންފީޒު ކުރަން ހުރަސްއެޅިކަމުގެ ކުށުގައި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ޚިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން އެމްއެމްޕީއާރުސީގެ ޚިޔާނާތް ބަލައި އޭގެ ފައިނަލް ރިޕޯޓް ފައިނަލް ވުމާއިއެކު ސަރުކާރުން އެރަށްތަކުގެ ހަމަ އަގު ހޯދުމަށް މަސަތްކަތްކުރާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމައްސަލައިގައި ޝާމިލުވާ އެހެންފަރާތްތަކުގެ މައްޗަށްވެސް ދައުވާކުރުމަށް މިމަހުގެ ފަހުކޮޅު ޕީޖީއަށް ފޮނުވުމަށް ތައްޔާރު ވަމުންދާކަމަށާއި އަދި ހިޔާނާތުގެ ފައިސާގައި ޖެހިފައި ތިބި ހުރިހާ ފަރާތްތަކުގެ ލިސްޓެއް އެކުލަވައިލައި އެފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ވެސް މިމަހުގެ 19 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ޚިޔާނާތުގައި 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާކަން އެ ރިޕޯޓުން މިހާތަނަށް ހާމަވާ ކަމަށާއި އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓު 220 މިލިއަން ޑޮލަރަށް އަރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް