Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2019 | އާދީއްތަ 11:38
ފައްޔާޒް އިސްމާއީލް
ފައްޔާޒް އިސްމާއީލް
ރާއްޖެއެމްވީ
އިކޮނޮމިކް މިނިސްޓްރީ
ދެ ބިދޭސީން ޑީޕޯޓްކުރުމުގެ ކުރިން އަޑީގައި ތިބީ ކޮންބައެއްތޯ ބަލާލެވުނު ނަމަ ރަނގަޅުވީސް: ފައްޔާޒް
ރާއްޖޭގައި 63،000 އަށްވުރެ ގިނަ ބިދޭސީން ގަވައިދާ ޚިލާފަށް އުޅޭ
ބޮޑެތި ކުށްތަކުގައި އުޅޭ ބިދޭސީން އަތުލައިގަނެ ޑީޕޯޓް ކުރާތީ ފާޑުކިޔުން ވަނީ އަމާޒު ވެފައި
ބިދޭސީން ބޮޑެތި ކުށްތަކުގައި މޫލާފައި ހުރީ ކިހާވަރަކަށްތޯ ބަލަން ޖެހޭ

ގަވައިދާއި ޚިލާފަށް ވިޔަފާރި ކުރަމުން އައި ދެ ބިދޭސީން އަތުލައިގަނެ މައްސަލަ ތަހުގީގުކޮށް އޭގެ އަޑީގައި ތިބީ ކޮންބައެއްތޯ ބަލާލެވުނުނަމަ މާ ރަނގަޅުވީސް ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ގާނޫނާއި ޚިލާފަށް އަމަލު ކުރަމުންދިޔަ ދެ ބިދޭސީއެއްގެ މައްސަލައެއްވާނަމަ އެކަން ތަހުގީގު ކުރެވެންދެން އެމީހުންނާއި ގުޅުން ހުރީ ކޮން ބައެއްތޯ ބެލުން ރަނގަޅު ކަމަށެވެ. އަދި އެކަމުގެ އަޑީގައި ތިބީ ކޮން ދިވެހިންނެއްތޯ ބަލާލެވުނު ނަމަ ރަނގަޅުވީސް ކަމަށާއި ނަމަވެސް އެދެ ބިދޭސީން ޑީޕޯޓް ކޮށްލުން އެއީ އެފުރުސަތު ގެއްލިގެން ދިޔައުން ކަމަށް ވިދާޅުވިއެވެ.

Advertisement

ހަމަގައިމުވެސް ބިދޭސީއަކަށް އައިސް ރާއްޖޭގައި 20 އަހަރު ނޫނީ 10 އަހަރު އައިސް މަސައްކަތް ކުރަމުންދާއިރުގައި އެކަނިމާއެކަންޏެއް އެކަންތައްތައް ނުކުރެވޭނެ .އިނގޭތޯ. އެހެން ވީމަ އަޅުގަނޑުމެންނަށް އަސްލުގަ ވަރަށް ރަނގަޅުވީސް އޭގައި އެމީހުން ހައްޔަރު ކޮށްގެން އެމީހުންނާ ގުޅުން ހުރީ ކޮން ދިވެއްސެއްތޯ ނޫނީވިއްޔާ ކޮން ބައެއްތޯ ބަލާލެވުނު ނަމަ. އިނގޭތޯ. އެފުރުސަތު އަޅުގަނޑުމެންނަށް ގެއްލިގެން ދިޔައީ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް

ފައްޔާޒު ވިދާޅުވީ ފުޅާ ދާއިރާގައި މަސައްކަތް ކުރާ ބޭރު މީހުން އަދިވެސް ތިބޭނެ ކަމަށެވެ. ގާނޫނާއި ޚިލާފުވެގެން އުޅޭ އާދައިގެ ބިދޭސީއަކު ޑީޕޯޓް ކޮށްލުމަކީ މައްސަލައެއް ނޫންކަމަށާއި ނަމަވެސް ފުޅާ ދާއިރާގައި ވިޔަފާރިކޮށް ބޮޑުންގެ ގޮތުގައި ފާހަގަ ކުރާ މީހުން ޑީޕޯޓް ކުރަންޖެހޭނީ ތަހުގީގުކޮށް ބެލުމަށްފަހު ކަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަނުން ހާމަ ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި 63،000 އަށްވުރެ ގިނަ ބިދޭސީން ގަވައިދާ ޚިލާފަށް އުޅެއެވެ. އޭގެތެރޭގައި ބޮޑެތި ކުށްތަކުގައި އުޅޭ ބިދޭސީން ހިމެނޭއިރު މަނީ ލޯންޑަރިން އާއި ހިއުމަން ޓްރެފިކް ފަދަ ބޮޑެތި މައްސަލަތައް ހިމެނެ އެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައި މިމަހުގެ ފުރަތަމަ ހަފްތާގައި ފެށި ޚާއްސަ އޮޕަރޭޝަންގައި ވަނީ ގަވައިދާ ހިލާފަށް ބިދޭސީން ރެކްރޫޓް ކުރުމާއި ހުއްދަ ނެތި ވިޔަފާރި ކުރުމުގައި އުޅުނު ބަންގްލަދޭޝް މީހަކާއި ގަވައިދާ ޚިލާފަށް ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހިފަހައްޓައި ޑީޕޯޓް ކޮށްފައެވެ. އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
29 ސެޕްޓެންބަރ 2019 | އާދީއްތަ 12:45
ގަނޑިޔަ
ވާގޮތެއް ނޭގެ ކުދި ވިޔަފާރި ތައް ދަނީ ފުނޑެމުން، ! އެ، އެސް ، އީ ވާނުވާގަ
29 ސެޕްޓެންބަރ 2019 | އާދީއްތަ 12:04
ޝިޔާޒު
މި ފައްޔާޒުއަކީ މޮޔައެއް. މިކަހަލަ މީހަކު ހުރެގެން ޓްރޭޑްމިނިސްޓރީ ނުހިންގޭނެ. ބޭރުކުރަން ފެނޭ ކެބިނެޓުން.