Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 07:30
ސިމްޕޯޒިއަމް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ސިމްޕޯޒިއަމް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ޓްވިޓަރ
ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް
ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް ފަށައިފި
ސިމްޕޯޒިއަމް ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަކަށް ބަނޑޮސް މޯލްޑިވްސްގައި
ސިމްޕޯޒިއަމް ކުރިއަށް ގެންދަނީ ޖުޑީޝަލް އެކެޑަމީ، ޔުނިސެފް މޯލްޑިވްސް، ފެމިލީ ކޯޓް އަދި ފެމިލީ ލީގަލް ކްލިނިކް ގުޅިގެން
ސިމްޕޯޒިއަމް ގައި އާއިލީ އަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ

ޑިޕާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ފަށައިފިއެވެ.

އާއިލީ އަދުލުގެ ނިޒާމް ހަރުދަނާކޮށް، އެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލުހޯދުމަށް ހުކުރު ދުވަހު ފެށި މި ސިމްޕޯޒިއަމް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ.

ބަންޑޮސް މޯލްޑިވްސްގައި މި މަހުގެ 27 އިން 30 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސިމްޕޯޒިއަމް ކުރިއަށް ގެންދަނީ ޖުޑީޝަލް އެކެޑަމީ، ޔުނިސެފް މޯލްޑިވްސް، ފެމިލީ ކޯޓް އަދި ފެމިލީ ލީގަލް ކްލިނިކް ގުޅިގެންނެވެ.

Advertisement

މި ސިމްޕޯޒުއަމްގައި ދިވެހިރާއްޖޭގެ އާއިލީ އަދުލުގެ ނިޒާމު ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރުމަށްޓަކައި، ކުރެވެން ހުރި ކަންކަން ފާހަގަކުރުމަށް ހަމަޖެހިފައިވާއިރު، ސިމްޕޯޒިއަމްގައި ފެމިލީ ޖަސްޓިސްގެ ނިޒާމާގުޅޭގޮތުން، ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް މުހައްމަދު އީމާން އަލީ އާއި، ޔުނިސެފުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ރެޒިޑެންޓް ކޯޑިނޭޓަރ ޑރ. މުނީރު ސަފީލްދީން އާއި، ޕާކިސްތާނުގެ ކެރިއަރ ޖަޖް އަދި ފެޑެރަލް ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓަރ އޮނަރަބަލް ފާޚާރު ޒަމާން، އަދި ތުރުކީވިލާތުގެ ފަސްޓް ކްލާސް ޖަޖް އޮނަރަބަލް ޒޭނެޕްގެ ހަތަރު ކީ ނޯޓް ލެކްޗަރ ދިނުމަށް ހަމަޖެހިފައި ވެއެވެ.

ސަރުކާރުގެ ފަރާތުން އާއިލީ އަދުލުގެ ނިޒާމް އިސްލާހްކުރުމަށް ހުށަހަޅާ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ކޯޓުތަކާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި، ކަމާގުޅުންހުރި މިނިސްޓްރީތަކާއި، މަދަނީ ޖަމިއްޔާތައް ހިމެނޭ ގޮތުން މުޅިއެކު 10 ކަރުދާސް ސިމްޕޯޒިއަމްގައި ހުށަހެޅުމަށް ވަނީ ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ފުރިހަމަ އާއިލީ އަދުލުގެ ނިޒާމެއް ބިނާކުރުމަށް ޓަކައި ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، އާއިލީ އަދުލުގެ ނިޒާމުގައި މިހާރު އަމަލުކުރެވެމުންދާ އިޖުރާއާތުތަކާއި ރެގިއުލޭޓަރީ މެކޭނިޒަމްތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ ބެހޭ ގޮތުން ސިމްޕޯޒިއަމްގެ ބައިވެރިންގެ މަޝްވަރާކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް