Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 04:45
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ރާއްޖެއެމްވީ
ޓޫރިސްޓް ވިޒިޓަރ ސެންޓަރ
އަނގޮޅިތީމުގައި އަޅާ ޓޫރިސްޓް ވިޒިޓަރ ސެންޓަރުން ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރު ފެންނާނެ: މިނިސްޓަރ
މިމަހުގެ 30 ވަނަ ދުވަހު ރ އަތޮޅު އަނގޮޅިޓީމަށް ދަތުރުކުރައްވަން ނިންމަވާފައިވޭ
މިއީ ރާއްޖޭގައި ފުރަތަމަަ އަޅާ ޓޫރިސްޓް ވިޒިޓަރ ސެންޓަރު
ޓޫރިޒަމްގެ ނަފާ ރާއްޖޭގެ ހުރިހާ ރަށަކަށް ލިއްބައިދިނުމަށް މަސައްކަތްކުރާނެ

ރ އަތޮޅު އަނގޮޅިތީމުގައި އަޅާ ޓޫރިސްޓް ވިޒިޓަރ ސެންޓަރުން ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރު ފެނިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"ޓޫރިޒަމް ޖޮބްފެއަރ 2019" އިފްތިތާހު ކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ރ އަތޮޅު އަނގޮޅިޓީމަށް ދަތުރުކުރައްވަން ނިންމަވާފައިވާކަމަށާއި، މި ދަތުރުގައި ރާއްޖޭގައި ފުރަތަމަަ އަޅާ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ އެޅިގެންދާނެ ކަމަށެވެ.

Advertisement

އެގޮތުން މި ސެންޓަރުން ރާއްޖޭގެ ތާރީޚުގެ ތެރެއިން ދިވެހިން ޑިމޮކްރަސީ ހޯދުމަށްޓަކައި ކުރި ދަތުރުގެ މައުލޫމާތު ބޭރުގެ ފަތުރުވެރިންނަށް ލިބެން ހުންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަނގޮޅިތީމުގައި އަޅުގަނޑުމެން ބިންގާ އަޅާނީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ބިންގާ އަޅާ ޓޫރިސްޓް ވިޒިޓަރ ސެންޓަރުގެ ބިންގާ، އަނގޮޅިތީމަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ކުރި ދަތުރުގެ ފުރިހަމަ މަންޒިލަކަށް ދައްކާދޭނެ ސެންޓަރަކަށް އަޅުގަނޑުމެން ހަދާނަން، އެތަނުގައި ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ޤުރުބާންވި މަންޒަރުތައް މި ރާއްޖެއަށް އަންނަ ފަތުރުވެރިއަކު އެވާހަކަ އަޑުއަހާލަން ބޭނުންވެއްޖެނަމަ އެއްތަނަކުން އެވާހަކަތައް ބަލާލާފައި ނުކުމެވޭނެ ތަނަކަށް ވާނެ،
ޓޫރިޒަމް މިނިސްޓާރ އަލީ ވަހީދު

މިނިސްޓަރ އިތުރަށް ވިދާޅުވީ، އަނގޮޅިތީމަކީ ކިތަންމެ ކުޑަ ރަށެއް ކަމުގައި ވިޔަސް އެރަށަކީ ފަތުރުވެރި ކަމުގެ ތެރެއިން ފައިސާ ވަންނަ އަދި އިޤްތިސާދު ހިނގާ ތަނަކަށް ހެދުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައިވެސް ވިސްނަވާނީ ޓޫރިޒަމްގެ ނަފާ ރާއްޖޭގެ ހުރިހާ ރަށަކަށް ލިއްބައިދިނުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތައް ވ. އަތޮޅުން ފަށާފައިވައިރު، ކުރިއަށް ރޭވިފައިވާ ހަރަކާތްތަކަށް ޓޫރިޒަމް މިނިސްޓްރީން ބޮޑެތި ތައްޔާރީތަކެއް ވަމުންދެއެވެ. އެގޮތުން މި ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް