ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 07:34
ނޮވެމްބަރު ފިލްމުގެ ޝޫޓިންގެ ތެރެއިން
ނޮވެމްބަރު ފިލްމުގެ ޝޫޓިންގެ ތެރެއިން
ޑާކް ރެއިން އެންޓަރޓެއިންމަންޓް
ޑާކްރެއިން އެންޓައިޓެއިންމެންޓް
''ނޮވެމްބަރ'' ގެ ޝޫޓިން ފަށައިފި
ފިލްމު ރިލީޒް ކުރަނީ އަންނަ އަހަރު
އާ ތަރިންތަކެއް ފެނިގެންދާނެ

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކަމަށްވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން އަންނަ އަހަރު ނެރެން ހަމަޖެހިފައިވާ ''ނޮވެމްބަރ'' ފިލްމުގެ ޝޫޓިން ފަށައިިފިއެވެ.

އެ ފިލްމުގެ ބައެއް މަންޒަރުތައް މާލޭގެ ނަގަން ފަށާފައިވާއިރު މި އަހަރުގެ ޖޫން މަހު ފިލްމުގެ ކުރޫން ވަނީ ސިންގަޕޫރް އަށް ގޮސް ބައެއް މަސައްކަތްތައް ކޮށްފައެވެ. ފިލްމުގެ މަންޒަރުތައް ސިންގަޕޫރްގެ އިތުރުން ރާއްޖެތެރޭ ރަށްރަށުގައި ނެގުމަށް ހަމަޖެހިފައެވެ.

އަންނަ އަހަރު އާއްމުންނަށް ހަމަޔަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ އެ ފިލްމު ލިޔެފައިވަނީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްއެވެ. ފިލްމު ޑައިރެކްޓް ކުރަނީ ޑާކްރެއިންގެ ގިނަ ފިލްމު ތަކެއް ޑައިރެކްޓް ކޮށްފައިވާ އަލި ޝިފާއު ( ޗިއްޕެ) އެވެ.

ފިލްމުގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް، މަޖުދާ، އައިޝަތު ޔާދާ އަދި އިސްމާއިލް ވަޖީހުވެސް ހިމެނޭއެވެ. ޑާކްރެެއިނުން އާ ތަރިންތަކެއް މި ދާއިރާއަށް ނެރުމުގެ މަސައްކަތް ކުރަމުންދާއިރު، މި ފިލްމުންވެސް އާ ތަރިންތަކެއް ފެންނާނެ ކަމަށް އެ ޕްރޮޑަކްޝަނުން ވަނީ ބުނެފައެވެ.

- ކޮމެންޓް