ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 17:01
ނައީބް ޔޫއެން ގައި ސެލްފީ ނަންގަވަނީ
ނައީބް ޔޫއެން ގައި ސެލްފީ ނަންގަވަނީ
ގަލްފް ޓައިމްސް
އެލްސަ ސަލަވްޑޯގެ ރައީސް
އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު
ނައީބް އަކީ ފަލަސްތީނު ދަރިފަސްކޮޅު ވިޔަފާރިވެރިއެއްގެ ދަރިއެއް
ނަމާދު ކުރަން ހުންނެވި ފޮޓޯއެއް އާއްމުވި

އދ. ގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ލިބުމަކީ ކޮންމެ ގައުމެއްގެ ވެރިއަކަށްވެސް ލިބޭނެ ބޮޑު ޝަރަފެއްކަން ޔަގީނެވެ. ހަނދާނުން ފިލުވާނުލެވޭނެ ތަޖުރިބާ އެއްކަން ޔަގީނެވެ. ދުނިޔޭގެ އެތައް ބަޔަކު ބަލައިގަނެފައިވާ އަދި އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ ޕްލެޓްފޯމް އަކަށް ވީއިރު ކިތަންމެ ކުޑަ ކަމެއްވެސް މީޑިއާގެ ސަމާލުކަމަށް އަންނަނީ މަދު ސިކުންތުކޮޅެއްގެ ތެރޭގެއެވެ. އެގޮތުން މި ފަހަރުވެސް މިއޮތީ އެފަދަ ކަމެއް ދިމާވެފައެވެ.

މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ އެލްސަލްވަޑޯރްގެ ރައީސް ކަމަށް ހޮވިވަޑައިގަތް އުމުރުން 38 އަހަރުގެ ނައީބް އަރްމާންޑޯ ބުކޭލޭ އދ.ގެ 74 ވަނަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނަށް އިރުކޮޅެއް ދެއްވުމަށެވެ. އެހެން ވިދާޅުވުމަށް ފަހު، ނައީބް ގެންގުޅުއްވާ އައިފޯން 11 ޖީބުން ނެންގެވުމަށް ފަހު ސެލްފީ އެއް ނެންގެވިއެވެ. ސެލްފީ ނެންގެވުމަށް ފަހު ނައީބް ވިދާޅުވީ، އެ ސެލްފީ ޝޯޝަލް މީޑިއާ އަށް ލައިފިނަމަ ގިނަ ބަޔަކު އެމަނިކުފާނުގެ ދެއްކެވި ވާހަކަފުޅު އަޑުއަހަން ޝައުގުވެރިކަން ހުންނާނެ ކަމަށެވެ. ހޭޝްޓެގް ގައި ޔޫއޭން ސެލްފީ ޖެއްސެވުމަށް ފަހު ނައީބް ވަނީ އެމަނިކުފާނު ނެންގެވި ފޮޓޯ ޓްވިޓާގައި އަޕްލޯޑް ކުރައްވާފައެވެ. ނައީބްގެ ޓްވިޓާ އެކައުންޓުގައި 1.11 މިލިއަން ފޮލޯވަރުން ތިބެއެވެ.

ނައީބްގެ ނަޒަރުގައި އދ. ގައި ސްޕީޗެއް ދިނުމަށްވުރެ އެ އެސެމްބްލީގައި ނަގާ ފޮޓީ މާ އަސަރުގަދަ ވާނެއެވެ. ކޮންމެ އަހަރަކު ބައްވާ ސަމިޓްތައް ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވިދާނެ ކަމަށް ނައީބް ވަނީ ވިދާޅުވެފައެވެ. އަދި މިގޮތައް ކަންކުރުމުން އެތައް ސަތޭކަ މިލިއަން ޑޮލަރު ސަލާމަތްވާނެކަމަށްވެސް ނައީބް ވިދާޅުވިއެވެ.

1981 ވަަނަ އަހަރު އެލްސަލްވަޑޯރް އަށް އުފަންވެވަޑައިގަތް ނައީބްގެ ބައްޕާފުޅަކީ ފަލަސްތީނުގެ ދަރިފަސްކޮޅުގެ ވިޔަފާރިވެރިއެކެވެ. އުމުރުން 18 އަހަރުން ފެށިގެން ވިޔަފާރިގެ ތެރެއަށް ނިކުތް ނައީބް ވަނި ވެރިރަށް ސަން ސަލްވަޑޯރްގެ މޭޔަރުގެ މަގާމު 2012 އަހަރުން ފެށިގެން 2015 ހަމައަށް ފުރުއްވާފައެވެ. މި އަހަރުގެ ޖޫން މަހު އެސް ސަލްވަޑޯރްގެ އިންތިހާބާ ދިމާކޮށް މެކްސިކޯ ސިޓީގެ މިސްކިތެއްގައިނައީބް ނަމާދުކުރަން ހުންނެވި ފޮޓޯ އެއްއާއްމުވެ އެމަނިކުފާނުގެ ދީނާ މެދު އެލްސަލްވަޑޯގެ ގިނަ ރައްޔިތުންގެ މެދުގައި ވާހަކަތައް ދެކެވުނެވެ.

އެލްސަލްވަޑޯގެ ރައީސް ނައީބް ބުކޭލެ ނަމާދު ކުރަނިކޮށް (ކ-2)

ނައީބް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ އާއިލާގެ މީހުންނަކީ ކްރިސްޓިއަން ދީން ގަބޫލްކުރާ ބައެއް ކަމަށެވެ. އެހެން ނަމަވެސް ނައީބްގެ ބައްޕަ އާއި އާއިލާގެ ބައެއް މީހުން މުސްލިމް ވެފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނައީބް އަނބިކަބަލުން ގެބްރިއާލާ އާއި އެކު

ނައީބް ކައިވެނި ބައްލަވައިގެންނެވީ 2014 ވަނަ އަހަރު ގެބްރިއެލާ ރޮޑްރިގޭޒްއާ އެވެ.

- ކޮމެންޓް