Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 13:02
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
ފެނާއި ނަރުދަމާގެ ނިޒާމް
36 ރަށެއްގެ ފެނާއި ނަރުދަމާގެ ސަރވޭ، ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފި
06 މަސް ދުވަހުން މަސައްކަތް ނިންމަން ޖެހޭ
ހުރިހާ ރަށެއްގައި ފެނާއި ނަރުދާމާގެ ނިޒާމު ގާއިމުކުރުމަކީ މިސަރުކާރުގެ ވައުދެއް

ތިރީސްހަ ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމްގެ ސާރވޭ، ޑިޒައިން އަދި އީއައިއޭ މަސައްކަތްކުރުމަށް އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޮސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް (އިންޑިޔާ) އަދި ފޯރސައިޓް ސާރވެޔާރސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިއެއްބަސްވުންތަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އިޕޮކް ޕްރައިވެޓް ލިމިޑެޓް އިން އެސޯސިއޭޝަން ވިތު ފީޑްބެކް އިންފްރާ ޕްރައިވެޑް ލިމިޑެޓް އަދި ފޯސައިޓް ސާވެޔާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު މުއާވިޔަތު އަބްދުއް ސައްތާރެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މ.ނާލާފުށި، މ.ރަތްމަންދޫ، ވ.ކެޔޮދޫ އަދި ވ.ރަކީދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ތ.ދިޔަމިގިލި އަދި ތ.މަޑިފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,598,920.00 (ތިން މިލިއަން ފަސްލައްކަ ނުވަދިހަ އަށްހާސް ނުވަސަތޭކަ ވިހިރުފިޔާ)އަށްކަމަށެވެ. އަދި ގއ.ދެއްވަދޫ، ގއ.ނިލަންދޫ، ގދ.ނަޑެއްލާ، ލ.ހިތަދޫ އަދި ލ.ކުނަހަންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,229,800.00 (ތިން މިލިއަން ދެލައްކަ ނަވާވިސްހާސް އަށްސަތޭކަ ރުފިޔާ)އަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

ޕްލޭނިން މިނިސްޓްރީން ބުނީ އއ.ފެރިދޫ، އއ.ހިމަންދޫ އަދި އދ.ކުނބުރުދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި އދ.އޮމަދޫ، އއ.މަތިވެރި، އއ.ދިއްދޫ އަދި އދ.ފެންފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,552,780.00 (ތިން މިލިއަން ފަސްލައްކަ ފަންސާސްދެހާސް ހަތްސަތޭކަ އަށްޑިހަރުފިޔާ) އަށް ކަމަށާއި، ޅ.އޮޅުވެލިފުށި އަދި ރ.ފައިނުގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ބ.ކަމަދޫ، ބ،މާޅޮސް، ރ.އިންނަމާދޫ އަދި ކ.ހިންމަފުށީގައި ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,322,080.00 (ތިން މިލިއަން ތިންލައްކަ ބާވިސްހާސް އަށްޑިހަ ރުފިޔާ)އަށް ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ނ.ފޮއްދޫ، ނ.މާފަރު އަދި ށ.ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ނ.ހެނބަދޫ، ނ.މަނަދޫ އަދި ށ.ފީވަކުގެ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 4,752,420.00 (ހަތަރު މިލިއަން ހަތްލައްކަ ފަންސާސްދެހާސް ހަތަރުސަތޭކަ ވިހި ރުފިޔާ)އަށް ހަވާލުކޮށްފައިވާއިރު ހދ.ކުމުންދޫ، ހދ.ހިރިމަރަދޫ، ހއ.ވަށަފަރު އަދި ހއ.ތަކަންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޑިޒައިން މަސައްކަތާއި ހއ.މާރަންދޫ އަދި ހއ.މުރައިދޫގެ ފެނުގެ ނިޒާމްގެ ޑިޒައިން މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 3,598,920.00 (ތިން މިލިއަން ފަސްލައްކަ ނުވަދިހަ އަށް ހާސް ނުވަސަތޭކަ ވިހިރުފިޔާ)އަށް ކަމަށެވެ.

މި ހުރިހާ މަޝްރޫއެއް 06 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދާމާގެ ނިޒާމު ގާއިމުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް