Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 16:59
މިއީ ސާކް ގައުމު ތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ކޭމްޕް އަދި އެގްޒިބިޝަންއެއް
މިއީ ސާކް ގައުމު ތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ކޭމްޕް އަދި އެގްޒިބިޝަންއެއް
ސާކް އާރޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަން
ސާކް އާރޓިސްޓް ކޭމްޕް ނިންމާލުމަށްފަހު އެގްޒިބިޝަން މިރޭ ފަށާނެ
ކޭމްޕް އަދި އެގްޒިބިޝަންގައި ސާކްގެ ގައުމުތަކުން ޖުމްލަ 27 ބައިވެރިވިން ވަނީ ބައިވެރިވެފަ
އާރޓިސްޓް ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ބީޗް ސަރަހައްދުގަ
މިއީ ރާއްޖޭގެ އާރޓިސްޓުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށް ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ، ހުސައިން އަލީ މަނިކް ވިދާޅުވި

ރާއްޖޭގައި މިހާރު ކުރުއަށްދާ ސާކް އަރޓިސްޓް ކޭމްޕް އެންޑް އެގްޒިބިޝަންގެ އާރޓިސްޓް ކޭމްޕް މިރޭ ނިންމާލުމަށްފަހު އެގްޒިބިޝަން މިރޭ ފަށާނެއެވެ.

ރާޢްޖޭގައި ދެ ވަނަ ފަހަރަށް ބާއްވާ މި ކޭމްޕް އަދި އެގްޒިބިޝަންގައި ސާކްގެ ގައުމުތަކުން ޖުމްލަ 27 ބައިވެރިވިން ވަނީ ބައިވެރިވެފައެވެ. ގައުމު ތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި ކޭމްޕް އަދި އެގްޒިބިޝަންގެ އަރޓިސްޓް ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ބީޗް ސަރަހައްދުގައެވެ.

Advertisement

މިރޭ ފެށުމަށް ހަމަޖެހިފައިވާ އެގްޒިބިޝަންގައި ކޭޕްގައި ބައިވެރިން ކުރަހާ ތައްޔާރު ކޮށްފައިވާ ކުރެހުންތައް ފެނިގެންދާނެއެވެ. މި އެގްޒިބިޝަންގައި 50 އަށް ވުރެ ގިނަ ކުރެހުންފެނިގެން ދާނެއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން، މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ، ހުސައިން އަލީ މަނިކް ވިދާޅުވީ، މި ކޭޕްގެ ސަބަބުން ރާއްޖޭގެ ޒުވާން އަދި އަރަމުން އަންނަ އަރޓިސްޓުންނަށް ސަރަހައްދީ ފެންވަރުގެ ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ. އަދި މިއީ ރާއްޖޭގެ އަރޓިސްޓުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަން އަލީ މަނިކް ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް