Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 12:52
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދު ނައިބު ރައީސް ބައްލަވާލައްވަނީ
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދު ނައިބު ރައީސް ބައްލަވާލައްވަނީ
ތަހާރަތު މުހައްމަދު ވަހީދު
ކެމިކަލް ގުދަނުގެ ބޮޑު އަލިފާން
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދު ނައިބު ރައީސް ބައްލަވާލައްވައިފި
ރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް ފުރަތަމަ ފަހަރަށް ވަނީ ހަދާފައި

ހ. ތިލަފުށީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސަރަހައްދު ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ހަ ގެއަށާއި ހަތަރު ގުދަނަށް ގެއްލުން ވެފައިވާއިރު އެ ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ. ގެއްލުންވި ގޭތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ގެތަކުގައި ދިރިއުޅުނު ގިނަ އަދަދެއްގެ ބަޔަކު މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ.

އަބަދަށްފެހިމަގުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ހިންގި ކަމެއްތޯ ނުވަތަ ނޫންތޯ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު މިހާތަނަށް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައެއް ނުވެއެވެ.

Advertisement

އެ ހާދިސާއާއި ގުޅިގެން ރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް ފުރަތަމަ ފަހަރަށް ވަނީ ހަދާފައެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ކެމިކަލް ގުދަން ހުންނަން ޖެހެނީ މީހުން ދިރިއުޅޭ ތަންތަނާ ވަކިން ކަމަށާއި ކެމިކަލް ރައްކާކުރާ ގުދަން ތިން ބުރިއަށް ވުރެން އުސްކޮށެއް ނުހެދޭނެ ކަމަށް ވަނީ ބުނެފައެވެ. ގުދަންތަކުގެ ދޮރުތަކަކީ ފަޔަރ ރެސިސްޓަންޓް ދޮރުތަކަކަށް ވާންޖެހޭ ކަމަށް އެ ގެޒެޓުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް