Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 11:57
މޫސުމާ ބެހޭ ހަޅުތާލު
މޫސުމާ ބެހޭ ހަޅުތާލު
ރާއްޖެއެމްވީ
މޫސުމާއި ބެހޭ ހަޅުތާލު
މޫސުމާ ބެހޭ ހަޅުތާލު މިފަހަރު ކުޑަކުދިންވެސް ބައިވެރިވި!
ހަޅުތާލުގައި ހުރިހާ އުމުރުފުރައެއްގެ މީހުން ވަނީ ބައިވެރިވެފަ
ހަލުތާލު ކުރަމުން ގެންދަނީ ތިމާވެއްޓާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ސަރުކާރަށް އަޑުއިއްވުމުގެ ގޮތުން

މޫސުމާ ބެހޭ ހަޅުތާލު ވެލާނާގޭ ކުރިމަތީގައި ކުރިއަށް ގެންގޮސްފިއެވެ.

މި ހަޅުތާލު ވެލާނާގެ ކުރިމަތީގައި ކުރިއަށް ގެންދިޔައީ އެއީ މާލޭގެ ހުރި އެންމެ މުހިއްމު އެއް އިމާރާތެއްވެފައި، ސަރުކާރުގެ ގިނަ އޮފީސްތައް އެ އިމާރާތުގައި ހުރުމުން ކަމަށް މި ހަޅުތާލު އިންތިޒާމް ކުރި ސްޓްރައިކް އެމްވީ އިން މައުލޫމާތު ދެއެވެ. ސްޓްރައިކް އެމްވީ އިން ކުރިއަށް ގެންދިޔަ މި ހަޅުތާލުގައި ހުރިހާ އުމުރުފުރައެއްގެ މީހުން ވަނީ ބައިވެރިވެފައިވާއިރު ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ބައިވެރިވިއެވެ.

Advertisement

ހަޅުތާލުގެ ބައިވެރިއެއް ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ، ހަލުތާލު ކުރަމުން ގެންދަނީ ތިމާވެއްޓާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ސަރުކާރަށް އަޑުއިއްވުމުގެ ގޮތުން ކަމަށެވެ.

އަޅުގަނޑުމެން މިއަދު އެއްވެފަ މިތިބީ ދުނިޔޭގައި ހިނގަމުންދާ މޫސުމާއި ބެހޭ ހަޅުތާލުގައި ދިވެހިރާއްޖެއިންވެސް ބައިވެރިވުމަށް. އަޅުގަނޑުމެން މިތަނަށް އެއްވެފައި މިތިބީ އަޅުގަނޑުމެންގެ ހުރި ކޮންސާންސް ތަކާއި ތިމާވެއްޓާއި ގުޅިގެން ހުރި ކޮންސާންސްތައް ސަރުކާރަށް އަޑުއިއްވުމަށް.
ހަޅުތާލުގެ ބައިވެރިއެއް

މޫސުމާއި ބެހޭ ހަޅުތާލު މުޅި ދުނިޔޭގައި ވެސް ކުރަމުން ދާއިރު މާލޭގައި މިއަދު ކުރިއަށް ގެންދެވުނު ހަޅުތާލުގައި، ހަަޅުތާލުގެ ބައިވެރިން ގޮވާލަމުން ގެންދިޔައީ ބޭރުގެ ޕްލެޓްފޯމްތަކުގައި ތިމާވެށި ހިމާޔަތް ކުރާނަމޭ ބުނުމުގެ ބަދަލުގައި އެކަން އަމަލީ ގޮތުން ދެއްކުމަށެވެ. އަދި އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ވަގުތުން ވަގުތަށް މަނާކުރުމަށް ސަރުކާރަށް ގޮވާލާފައިވާއިރު ހަޅުތާލުގެ ބައިވެރިން ވަނީ މަހާޖައްރާފް އެހެލުމަށް ވެސް ގޮވާލާފައެވެ.

އާދީއްތަ ދުވަހު ހަޅުތާލުގެ ބައިވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މެމްބަރުންނާއި ވެސް ބައްދަލުކޮށްފައެވެ. މި ކޮމެޓީ ބައްދަލުވުމުގައި ވެސް ހަޅުތާލުގެ ބައިވެރިންވަނީ ތިމާވެށި ހިމާޔަތް ކުރުމަށް ބައިނަލްއަގްވާމީ ގޮތުންނާއި ގައުމީ ފެންވަރުގައި ވެސް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްްތަކާއި ގުޅޭ ގޮތުން ސަރުކާރުން ޖަވާބުދާރީ ކުރުވުމަށާއި ނާޒުކު ތިމާވެއްޓެއް އޮތް ކޮންމެ ރަށެއްގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ ތިމާވެއްޓާއި ރައްޓެހި ގޮތަށް ކުރިއަށް ގެންދެވޭ މަަޝްރޫއުތަކެއްތޯ ބަލަން ޖެހޭ ކަމަށް ބުނެފައެވެ. އަދި މަޖިލީހަށް މި މަސައްކަތް ކުރެވެން އޮތް މިންވަރަކަށް ކުރުމަށް ހަޅުތާލުގެ ބައިވެރިންވަނީ ގޮވާލާފައެވެ.

ހަޅުތާލުގެ ބައެއް، އާދީއްތަ ދުވަހުވެސް ކުރިއަށް ގެންގޮސްފައިވާއިރު ބުދަ ދުވަހުވެސް ވަނީ ހަޅުތާލުގެ ބައެއް ކުރިއަށް ގެންގޮސްފައެވެ.

ހަޅުތާލުގެ ބައިވެރިން
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 15:35
ކެޔޮޅު
މަރު ހަނދާންކޮށްފަ ހެޔޮޢަމަލެއް ކުރެވޭތޯ ބައްލަވާ