Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 11:58
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު
ޓްވިޓަރ
މިނިސްޓަރ ޒަހާ
މިނިސްޓަރ ޒަހާ ބެލްޖިއަމްއަށް ފުރާވަޑައިގެންފި
ފުރާވަޑައިގެންނެވީ ހޯމަ ދުވަހުގެ ރޭ

ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކާއިގުޅޭ ގޮތުން މަޝްވަރާކުރުމަށާއި ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ފުރިހަމަކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަވަމުންދާ މިންވަރާއި ގުޅޭ ގޮތުން ޔޫރަޕިއަން ކޮމިޝަންއާއި މަޝްވަރާކުރުމަށް ބްރަސްލްސްގައި މި މަހުގެ 25 އަދި 26 ގައި ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ހޯމަ ދުވަހުގެ ރޭ ފުރާވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގައި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި، މިކަންކަމާއި ގުޅޭގޮތުން އަދުގެ ސަރުކާރުގެ ސިޔާސަތާއި އަދި ކުރިއަށް އޮތް ތަނުގައި ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުން ޔުރަޕިއަން ކޮމިޝަންގެ ކަމާގުޅޭ ފަރާތްތަކަށް މަޢުލޫމާތު އެރުވޭނެއެވެ. އަދި މީގެ އިތުރުން، މަސްވެރިކަމާއި ގުޅުންހުރި ކަންކަމުގައި ދިވެހިރާއްޖެއާއެކު ކުރެވިދާނެ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމާއިގުޅޭ ގޮތުން އަދި އެކަމުގެ މުހިންމުކަމާއިގުޅޭ ގޮތުން މަޢުލޫމާތު ބަދަލުކުރެވޭނެއެވެ.

Advertisement

ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމުތަކުން ޔޫރަޕުގެ ޤައުމުތަކަށް އިމްޕޯޓްކުރާ މަހަކީ، ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް ބާނާފައިވާ މަސްވެރިކަމުގެ އުފެއްދުންތައް ކަމުގައި ޔަޤީންކުރުމަށް ޔޫރަޕިއަން ކޮމިޝަންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމް ކުރެއެވެ. އެހެންކަމުން، ކޮމިޝަންގެ ކަމާގުޅޭ ފަރާތްތަކުން ވަނީ 2017 ވަނަ އަހަރުން ފެށިގެން 3 ފަހަރެއްގެ މަތިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް މިނިސްޓްރީއާއެކު ބައްދަލުވުންތައް ބާއްވާ، ދިވެހިރާއްޖެގައި މަސްވެރިކަމުގެ ނިޒާމު ބެލެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭގޮތުން ގިނަ ކަންތައްތަކެއް ބަލާފައެވެ. މިގޮތުން، ޔޫރަޕިއަން ކޮމިޝަންގެ ފަރާތުން ކުރި މަސައްކަތްތަކުން ދިވެހިރާއްޖޭގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމުގެ ނިޒާމަށް އަދި ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް އެފަރާތުން ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ މަސް، ދާއިމީ ގޮތެއްގައި ޔޫރަޕަށް އެތެރެކުރުމުގެ ޔަޤީންކަން ދެމެހެއްޓުމަށްޓަކައި، މިފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް