Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 10:34
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
އެންވަޔަރަންމަންޓް މިނިސްޓްރީ
ދެކުނާއި އުތުރަށް ކުނި މެނޭޖްކުރުމުގެ ސިސްޓަމްތައް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ނިޒާމް
ކުނީގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތައް ކުރޭ
ރަށްގިރުމުގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ

ރާއްޖޭގެ ދެކުނުން އުތުރަށް ހުރިހާ ޒޯނެއްގައި ރަނގަޅު ގޮތުގައި ކުނި މެނޭޖްކުރުމުގެ ސިސްޓަމްތައް ގާއިމްކުރުމުގެ މަސައްކަތް ކުރާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖަރު އަހުމަދު ނިޒާމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސަރުހީ ޕްރޮގްރާމްގައި ނިޒާމް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަ ކަމަށާއި، އެމައްސަލަ ހައްލުކުރުމަށް ބޮޑު ހޭދައެއްކޮށް، ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ނިޒާމް ވިދާޅުވީ ކުނި މެނޭޖް ކުރުމަށް ރައްކާތެރި ސިސްޓަމްތަކެއް ރަށްރަށުގައި ގާއިމްކުރުމާއި، ރަށްރަށުގައި ގާއިމް ކުރެވޭ ވަސީލަތްތަކުން ސަރަހައްދީ ފެންވަރެއްގައި ކުނި މެނޭޖްކުރުމުގެ މައި މަރުކަޒުތަކެއް ގާއިމްކޮށް ސަރަހައްދީ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

Advertisement

އެގޮތުން ބޭރުގެ ހިލޭ އެހީއާ، ލޯނުގެ ހިލޭ އެހީއާ އަދި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށްގެން ކުނި މެނޭޖްކުރުމުގެ ކަންކަން ރަށްރަށުގައި ފަހިކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުން އުތުރަށް ހުރިހާ ޒޯނެއްގައި ރަނގަޅު ގޮތުގައި ކުނިމޭނޭޖްކުރާ ސިސްޓަމްތައް ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، ކައިރި މުސްތަގުބަލްގައި ޚާއްސަކޮށް ރަށު ފެންވަރުގައި ވަރަށް ބޮޑެތި ބަދަލުތަކެއް ބައެއް ދިމަދިމާލުން ފެންނާނެ ކަމަށް ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ މާލެ މިހިމެނޭ ސަރަހައްދަށް އަމާޒުކޮށްގެން އުފެދޭ ކުނި މެނޭޖްކުރުމަށް ވެސް އޭޑީބީގެ އެހީގައި ވަރަށް ބޮޑު މަޝްރޫއެއް ފެށިގެން ކުރިއަށްދާ ކަމަށެވެ.

ރީޖަނަލް ލެވަލްގައި ވެސް އަޅުގަނޑުމެން މަސައްކަތްތަކެއް އެބަކުރަން. އެގިލައްވާނެ ރާއްޖޭގައި ކުނި މެނޭޖްކުރުމުގެ އެންމެ ޒަމާނީ ސިސްޓަމް މިހާރު ރ.އަތޮޅު ވަންދޫގައި ސަރަހައްދީ ފެންވަރުގައި އެކަންކުރުމުގެ ސިސްޓަމެއް ގާއިމްކުރެވި އޭގެ މަސައްކަތް ވެސް އޭގެ ޚިދުމަތް ވެސް ހަގީގަތުގައި އެބަލިބޭ. އަދި ވެސް އެސިސްޓަމްގައި ރަނގަޅުކުރަންޖެހޭ ބައެއްކަންކަން ހުރުމާއެކު އެންމެ އެދެވޭ ގޮތަށް އަޅުގަނޑުމެންނަށް އެކަން ހިނގައިނުގަތްކަމުގައި ވިޔަސް.
ނިޒާމް ވިދާޅުވި

ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ކްލައިމެޓް ޗޭންޖް ޑިޕާޓްމެންޓް ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއްދީގެން މިސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކްލައިމެޓް ޗޭންޖް ޕޮލިސީ ތަންފީޒުކުރުމުގެ ގޮތުން ނޭޝަނަލީ ޓާގެޓްތަކެއް އެބައޮތް ކަމަށާއި، ޕެރިސް އެގްރިމެންޓަށްފަހު ގިނަ ކަންކަން ތަންފީޒު ކުރުމަށް މަސައްކަތްތައް ކުރާ ކަމަށެވެ.

ދެން އޭގެ އިތުރުން ގްރީން ޓެކްސް ނަގަމުންދަނީ.އޭގެ ތެރެއިން ވަރަށް ފަހުން ގްރީން ފަންޑް އެކުލަވާލެވި މިހާރު ވެސް ގްރީން ފަންޑަށް އެކްސެސް ކުރެވިގެން ބައިވަރު މަޝްރޫއުތައް ޕީއައިއެސްޕީ ޕްރޮޖެކްޓްގެ އިތުރުން ގްރީން ފަންޑަށް އެކްސެސް ކުރެވިގެން ބައިވަރު މަޝްރޫއުތައް އެބަ ހިނގާ. އޭގެ އިތުރުން އަޅުގަނޑުމެން މަސައްކަތް ކުރަން ގްރީން ކްލައިމެޓް ފަންޑުގައި މިހާރު ވެސް އެޕްރޮޖެކްޓް ރާއްޖޭގައި ކުރިއަށްދޭ. އެއީ 23 މިލިއަން ޕްރޮޖެކްޓެއް އެކުރިއަށްދަނީ.
ޝަރީފް ވިދާޅުވި

ޝަރީފް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވަނީ ރަށްގިރުމުގެ މައްސަލަ ކަމަށާއި، މިމައްސަލަ ހައްލުކުރުމަށް ވެސް ގިނަ ޕްރޮޖެކްޓްތައް ހިންގުމަށް މަސައްކަތް ކުރާ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ މެޓް ސަރވިސް މިހާރު ހުރި ހާލަތުން މިދޭ ވޯނިންތައް ދިނުމާއި އަދި މިހާރު މެޓްގެ ނެޓް ވޯކް އެކްސްޕެންޝަން ނެހެދުމުގެ ގޮތުން މަޝްރޫއެއް އެކުލަވާލުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް