Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 07:17
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބް ރައީސް ފައިސަލް
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބް ރައީސް ފައިސަލް
ރައީސް އޮފީސް
ޗައިނާގެ ގައުމީ ދުވަސް
ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަކޮށްފި
ދެގައުމު ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 14 އޮކްޓޫބަރު 1972 ގައި
ނައިބް ރައީސްއަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައި

ޗައިނާގެ 70 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްއެވެ.

Advertisement

ޗައިނާގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި މިރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. ޗައިނާ އެމްބަސީގެ ފަރާތުން މިފިލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ޖަންގް ލީ ޖޮންގް އެވެ.

ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ 14 އޮކްޓޫބަރު 1972 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް