Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 07:02
މަރުވި މީހުންގެ އަދަދު ވަނީ 20 އަށް އަރާފައި
މަރުވި މީހުންގެ އަދަދު ވަނީ 20 އަށް އަރާފައި
އޭއެފްޕީ
ރައީސް ސޯލިހް
ޕާކިސްތާނުގެ ޚާރިޖީ ވަޒީރަށް ރައީސް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި
ބިންހެލުމުގައި ޒަހަމްވި މީހުންގެ އަދަދު ވަނީ 300 އަށް ވުރެ މައްޗަށް އަރާފަ
އެމަނިކުފާނު ވަނީ، ޕާކިސްތާނުގެ ރައްޔިތުންނަށާއި، ސަރުކާރަށް އަދި ބޮޑުވަޒީރަށް ހަމްދަރުދީ ފޮނުވާފަ
ބިންހެލުމުގައި ގެއްލުން ލިބުނު އާއިލާތަކަށް ދުއާ ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވި

އަންގާރަ ދުވަހު ޕާކިސްތާނަށް އައި ބިންހެލުމެއްގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެ ޤައުމުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހު މަޙްމޫދު ޤުރޭޝީއަށް ޙަމްދަރުދީގެ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބިންހެލުމުގެ ވާހަކަ އަޑު އެއްސެވީ ނުހަނު ހިތާމަޔާއި އެކު ކަމުގައެވެ. އަދި ބިންހެލުމުގައި ގެއްލުން ލިބުނު އާއިލާތަކަށް ދުއާ ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

5.8 މެގްނިޓިއުޑް ބާރުމިނުގައި ޕާކިސްތާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް