ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 21:53
ރިތިކް ފިލްމީ ދާއިރާ އަށް ނިކުތީ 2000 ވަނަ އަހަރު
ރިތިކް ފިލްމީ ދާއިރާ އަށް ނިކުތީ 2000 ވަނަ އަހަރު
ބޮލީވުޑް ހަންގާމާ
ރިތިކް ރޯޝަން
ކަހޯނާ ޕިޔާރްހޭ އަށް ފަހު 30،000 ކައިވެނީގެ ޕްރޮޕޯސަލް ލިބުނު: ރިތިކް
ފިލްމު 90 އެވޯޑެއް ހޯދި

ބޮލީވުޑް ފިލްމް އިންޑަސްޓްރީ އަށް ރިތިކް ނިކުތް ފިލްމު ''ކަހޯނާ ޕިޔާރް ހޭ'' އަށް ފަހު ކައިވެނިކުރަން 30،000 ހުށައެޅުން ލިބުނު ކަމަށް އޭނާ ބުނެފިއެވެ.

ސޮނީ އެންޓަޓައިންމެންޓުން ގެނެސްދޭ ކަޕިލް ޝަރްމާ ޝޯގައި ކަހޯނާ ޕިޔާރުހޭ ފިލްމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ރިތިކް ބުނީ، އެ ފިލްމު ރިލީޒް ކުރުމަށް ފަހު 30،000 އަށް ވުރެ ގިނަ ''މެރިއޭޖް ޕްރޮޕޯސަލް'' ލިބުނު ކަމަށެވެ.

އެކަމަކު އޭގެ ދުވަސް ކޮޅެއް ފަހުން 2000 ވަނަ އަހަރު ރިތިކް ވަނީ ސުޒާން ހާންއާ ކައިވެނިކޮށްފައެވެ. 13 އަހަރު ފަހުން އެ ދެމީހުންގެ ކައިވެނި ރޫޅިފައިވަނީ 2014 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ދެ ފިރިހެން ކުދިން ލިބިފައިވެއެވެ.

ކަހޯނާ ޕިޔާރްހޭ ގައި ރިތިކް ޑަބަލް ރޯލުން ފެނިގެން ދިޔައިރު، އެ ފިލްމުގައި އޭނާގެ ލޯބިވެރިޔާގެ ރޯލް ކުޅެފައިވަނީ އަމީޝާ ޕަޓޭލްއެވެ. ފިލްމު ރިލީޒް ކުރުމާއި އެކު ރިތިކް އާއި އަމީޝާ ވަނީ ބެލުންތެރިންގެ ބޮޑު ސަމާލުކަމެއް ހޯދާފައެވެ. ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ޑައިރެކްޓް ކޮށްފައިވާ އެ ފިލްމު ވަނީ އެކި ކެޓަގަރީ ތަކުުން 90 އެވޯޑެއް ހޯދައި، އެއް ފިލްމަކަށް އެންމެ ގިނަ އެވޯޑް ލިބުނު ފިލްމެއްގެ ގޮތުގައި ގިނިސް ވޯލްޑް ރިކޯޑަށް އަރާފައެވެ.

ރިތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޓައިގާ ޝްރޯފްއާ އެކު ކުޅެފައިވާ ފިލްމު ''ވޯ'' އިންނެވެ. އެ ފިލްމު ރިލީޒް ކުރާނީ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުއެވެ.

- ކޮމެންޓް