ކ. މާލެ
|
25 ސެޕްޓެންބަރ 2019 | ބުދަ 21:48
ސަލްމާން އާއި ޕްރަބޫ ދޭވާ
ސަލްމާން އާއި ޕްރަބޫ ދޭވާ
ޓައިމްސް ނައު
ސަލްމާން ހާން
ސަލްމާން ހަރަކާތްތެރިވާ ''ރާދޭ'' އަންނަ އަހަރުގެ އީދުގައި ނެރެނީ؟
ފިލްމު ޑައިރެކްޓް ކުރަނީ ޕްރަބޫ ދޭވާ

ކޮންމެ އަހަރެއްގެ އީދަކީ ވެސް ސަލްމާންހާންގެ ފޭނުންނަށް ވަރަށް ހާއްސަ ދުވަހެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ސަލްމާންގެ ފިލްމެއް އީދު ދުވަހު ރިލީޒް ކުރެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ އީދުގައި ސަލްމާން ފެނިގެންދާ ''ރާދޭ'' ރިލީޒް ކުރަން ވަނީ ހަމަޖެހިފައެވެ.

ފިލްމު ރިލީޒް ކުރުމާއި ބެހޭ ގޮތުން ރަސްމީގޮތުން އެއްވެސް އެއްޗެއް ސަލްމާން ބުނެފައިނުވިޔަސް ފޭނުން ބުނަމުން ދަނީ ދަބަންގް 3 އަށް ފަހު ދެން އެންމެ އަވަހަށް ސަލްމާން ކުޅެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އީދުގައި ރިލީޒް ކުރާ ''ރާދޭ'' ފިލްމް ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހަށް ފަހު ރާދޭގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ފިލްމުވެސް ޑައިރެކްޓް ކުރާނީ ދަބަންގް ވެސް ޑައިރެކްޓް ކޮށްފައިވާ ޕްރަބޫދޭވާއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެ ފިލްމަކީ ކޮރެޔާ ފިލްމެއްގެ ކޮޕީއެކެވެ. އެހެން ނަމަވެސް ފިލްމު އުފެއްދި ފަރާތުން ބޭނުންވަނީ ފިލްމުގެ އަސްލު ނަން ސިއްރު ކުރާށެވެ. ކޮރެޔާ ފިލްމުގެ ރައިޓްސް ގަނެފައިވާއިރު، މިހާރު މަސައްކަތް ކުރަނީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކަމަށް ރިޕޯޓްތައް ބުނެއެވެ.

- ކޮމެންޓް