ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 18:26
ކެވިން ހާޓް
ކެވިން ހާޓް
ޓްވިޓަރ
ކެވިން ހާޓް
އެކްސިޑެންޓެއްވެ ކެވިން ހާޓް އަށް އަނިޔާވެއްޖެ
ހާލު އަންނަނީ ރަނގަޅުވަމުން

އެކްސިޑެންޓެއްވެ ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ހޮލީވުޑްގެ މަޝްހޫރު ކޮމޭޑިއަން ކެވިން ހާޓަށް ފަރުވާދޭން ފަށައިފިއެވެ.

ކެލިފޯނިއާގެ ހައިވޭ ޕެޓްރޯލް ފުލުހުން ބުނީ، އާދިއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދެ ރައްޓެެއްސަކާއި އެކު ލޮސް އެންޖަލަސްގެ ކައުންޓީ މަލްހޮލެންޑުގެ ހައިވޭގައި ހާޓް އޭނާގެ ޕްކައިމަތް ބެރަކޫޑާ މަރުކައިގެ ކާރުގައި ދުއްވާފައި ދިޔަ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

ކާރު އެކްސިޑެންޓްވީ ދުއްވަން އިން ޖޭރެޑް ބްލްކްގެ އަތުން އެ ކާރު ކޮންޓްރޭލުން ނެއްޓިގެން ގޮސް ވިނަ ގަނޑަކަށް އެރުމުންނެވެ. އެކްސިޑެންޓް ވިއިރު ހާޓްގެ އިތުރުން ކާރު ތެރޭގައި އިނީ އޭނާގެ ރަހުމަތްތެރިޔާ އިންޓަނެޓް މޮޑެލް ރެބެކާ ބްރަކްސްޓްރުމެން އެވެ. އެކަމަކު ރެބެކާ އަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ. ކެވިން ހާޓަށް ފަރުވާދީ ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 40 އަހަރުގެ ހާޓް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ''ދަ ސީކްރެޓްސް ލައިފް އޮފް ޕެޓްސް'' އަދި ''ޖުމާންޖީ'' ގައި އަދާކޮށްފައިވާ ރޯލުންނެވެ.

- ކޮމެންޓް