Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 18:53
އެމްއެންޑީއެފްގެ ކޯސްޓުގާޑު ހަރަކާތްތެރިވަނީ
އެމްއެންޑީއެފްގެ ކޯސްޓުގާޑު ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
އެމްއެންޑީއެފް
ދަތުރު ފެށުމުގެ ކުރިން ސަލާމަތީ ވަސީލަތްތައް ހަމަޔަށް ހުރިތޯ ބެލުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި
ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައި
ދަތުރުކުރުމުގެ ކުރިން އެންމެ ފަހުން މައުލޫމާތު ހޯދުމަށް ވަނީ އިލްތިމާސްކޮށްފައި
ރޭގަނޑު ދަތުރުކުރަ ފަރާތްތަކުން ހާއްސަ ސަމާލުކަން ދިނުމަށް

ކަނޑު ދަތުރު ފެށުމުގެ ކުރިން ސަލާމަތީ ވަސީލަތްތައް ހަމަޔަށް ހުރިތޯ ބެލުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ބުނީ، މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ދުވަސް ވަރަކަށްވެފައި، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ގިނަ ހާދިސާތަކެއްގެ ރިޕޯޓް އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދަނީ ލިބެމުންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށާއި ދަތުރު ކުރާ ފަރާތްތަކުން އަންގަންޖެހޭ ފަރާތްތަކަށް ފުރުމުގެ ކުރިން ދަތުރާއިބެހޭ މައުލޫމާތު އެންގުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފި އެވެ. އަދި އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި، ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ރޭގަނޑު ދަތުރު ކުރައްވާ ފަރާތްތަކުން އިތުރަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާއިދުތަކަށް އަމަލްކުރުމަށާއި އަދި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އޭގެއިތުރުން ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑި ދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދެއްވުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފުން އެދެ އެވެ.

ޤައުމީ މުސުމާއިބެހޭ އިދާރާއިން މޫސުން ކުރިއަށްލަފާކުރާ ގޮތުގައި ރާއްޖޭގެ އުތުރާއި، މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ އެވެ. އަދި ކޮޅިގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް