Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 17:43
މަޖިލިސް ޗެމްބަރުގައި މެމްބަރުން
މަޖިލިސް ޗެމްބަރުގައި މެމްބަރުން
ރައްޔިތުންގެ މަޖިލިސް
މަޖިލިސް 2019
ސިވިލް ސާރވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް
ބިލް ބަލައިގަންނަން ފެންނަ ކަމަށް 67 މެމްބަރުން ވަނީ ވޯޓް ދެއްވާފައި
އިތުރަށް ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައި
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ސިވިލް ސާރވިސް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

މި ބިލް ބަލައިގަންނަން ފެންނަ ކަމަށް 67 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ. ބިލް މަޖިލީހަށް ބަލައިގަތުމަށްފަހު، އިތުރަށް ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement

މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. ބިލްގައި ހުރި މުހިއްމު ކަންތައްތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ކޮމިޝަނުން ބަލާ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށް އެނގެން އޮންނަންޖެހޭ ކަމަށް ބިލްގައި ހިމަނާފައިވާނެ ކަމަށެވެ. ގެނެވޭ އިސްލާހުން ކޮމިޝަނުގެ ގާނޫނާއި ޚިލާފަށް ކަމެއް ކޮށްފިނަމަ ކޮމިޝަނާއި މެދު އެކި ފިޔަވަޅު އެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހުން ލިބިގެންދާނެ ކަމަށެެވެ.

ކޮމިޝަނުގެ މެމްބަރުންނަށް އިތުރު ވަޒީފާ އަދާނުކުރެވުމާއި، މެމްބަރުންގެ މާލީ ބަޔާން ހުށަހެޅުން ފަދަ ބަދަލުތައް ގެނެވިފައިވާ ކަމަށްވެސް ހަސަން ލަތީފްވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
29 އޯގަސްޓް 2019 | ބުރާސްފަތި 18:29
ރަނގަޅު މުސާރަ
ސިވިލް ސާރވިސް މުވައްޒަފުންނަށް، ސަލާން ނުޖަހައި ރަނގަޅަށް ދިރިއުޅެވޭނެ ވަރުގެ ލިވިންގ އެލަވަސެއް ދިނުމާމެދު ބަހުސް ކުރަނީ ކޮން އިރަކުންތޯ.... މަޖިލިސް މެން ބަރުންނަށް މިހާރުވެސް އެއްލައްކަ ރުފިޔާއާ ގާތަށް މުސާރަ ލި ބޭ....