Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 14:13
އެމްއެންޑީއެފް ކޯސްޓްގާރޑް
އެމްއެންޑީއެފް ކޯސްޓްގާރޑް
އެމްއެންޑީއެފް
އެމްއެންޑީއެފް
ލޯންޗެއް ބަންޑުން ޖަހާލައި އަންހެނަކު ގެއްލިއްޖެ
ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ މެންދުރު 12:25 ހާއިރު
ލޯންޗުން ދަތުރުކުރީ 10 މީހުން
7 މީހުން އެމްއެންޑީއެފް ނޮދަރން އޭރިއާ ޑިންގީގައި ހަނިމާދޫއަށް ގެންގޮސްފި

ލޯންޗެއް ބަންޑުން ޖަހާލައިގެން ދެ އަންހެނުންނާއި ކުޑަކުއްޖަކު ގެއްލިއްޖެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ހިނގި މިހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހދ ނޮޅިވަރަންފަރުން ފުރައިގެން ހދ ހަނިމާދޫއަށް ދަތުރުކުރި ކުޑަ ލޯންޗެއް ފުރި ފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ނޮދަރން އޭރިއާގެ ކޯސްޓްގާރޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ ބުރާސްފަތު ދުވަހު މެންދުރު 12:25 ހާއިރު ކަމަށެވެ.

Advertisement

އެގޮތުން ލޯންޗު ބަންޑުން ޖަހާލާފައިވަނީ ހަނިމާދޫ ބޭރު ސަރަހައްދަކަށް ކަމަށާއި، ލޯންޗުން ދަތުރުކުރީ 10 މީހުން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި އޭގެ ތެރެއިން 7 މީހުން އެމްއެންޑީއެފް ނޮދަރން އޭރިއާ ޑިންގީގައި ހަނިމާދޫއަށް ގެންގޮސްފައިވާ ކަމަށާއި، 2 އަންހެނުންނާއި ކުޑަ ކުއްޖަކު ގެއްލިގެން ހަރަކާތްތެރިވިއިރު، އޭގެ ތެރެއިން ކުޑަކުއްޖާއާއި އަންހެނަކު ފެނިއްޖެ ކަމަށާއި، ގެއްލިފައިވާ އަންހެން މީހާ ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާރޑް ލޯންޗުން މީހުން ހޯދުމުގައި ހަރަކާތްތެރިވަމުންދާއިރު، އިތުރު ސީ އެމްބިއުލާންސެއްވެސް އެ މަސައްކަތުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ. ފެނުނު އަންހެންމީހާއާ ކުޑަކުއްޖާ ހަނިމާދޫ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް