ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ދިޔަމިގިއްޔަށް ބުރާސްފަތި ދުވަހު ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދިޔަމިގިއްޔަށް ވަޑައިގެންނެވުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިޔަމިގިލީ ކައުންސިލާއި އެ ރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ދިޔަމިގިއްޔަށް ފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އެ އަތޮޅު ބުރުންޏަށް ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.