ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 13:21
ސީގީރިއާ ގައި ހުންނަ ކަލްޗަރަލް ސެންޓަރެއް
ސީގީރިއާ ގައި ހުންނަ ކަލްޗަރަލް ސެންޓަރެއް
ޑެއިލީ މިރޯ
ސްރީލަންކާ
ލަންކާގެ ކަލްޗަރަލް ފަންޑުން 1.2 ބިލިއަން ރުޕީސް ގެއްލުނު މައްސަލަ ބަލަނީ
މައްސަލަ ހުށައެޅީ ޕަވާރ އެންޑް އެނަރޖި މިނިސްޓަރު

ސްރިލަންކާގެ ސެންޓްރަލް ކަލްޗަރ ފަންޑު (ސީސީއެފް) އިން އެއް ބިލިއަން ރުޕީސް ގެއްލުނު މައްސަލަ ބަލުމަށް، ބޮޑު ވަޒީރު ރަނިލް ވިކްރަމަ ސިންހަ ކޮމިޓީއެއް އެކުލަވައިލައިފިއެވެ.

އެ މައްސަލަ ބަލާ ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސަވާފައި ވަނީ ބޮޑު ވަޒީރު ރަނިލްގެ ސެކެރެޓަރީ ސަމަން އެކަނަޔަކެއެވެ. އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ސީސީއެފްގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވަނީ ޕަވަރ އެންޑް އެނަރޖި މިނިސްޓަރު ރަވީ ކަރުނާޔަކެއެވެ. އެކަމާއި ބެހޭ އިތުރު މައުލޫމާތެއް ހާމައެެއް ނުކުރެއެވެ.

ސީސީއެފް އަކީ ސްރީލަންކާގެ އާސާރީ ތަންތަން ބަލަހައްޓާ ރައްކާތެރި ކުރުމަށް އުފައްދާފައިވާ ޑިޕާޓްމެންޓެކެވެ. ގަދީމީ އަދި އާސާރި ތަންތަނުގެ ސަރވޭ ކުރުމާއި، އެފަދަ ތަންތަނުގެ ސައިންޓިފިކް ރިސާޗް ހަދައި ތަރީހީ މައުލޫމާތު މީހުންނަށް ފޯރުކޮށްދިނުމަކީ އެތަނުގެ މަސްއޫލިއްޔަތެކެވެ. ފައިތުވި އަހަރުތަކުގައި ލަންކާގެ ގަދީމީ ތަންތަން ފަތުރުވެރިންގެ މެދުގައި މަގްބޫލްކަން ހޯދުމަށް ސީސީއެފް ދަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

- ކޮމެންޓް