ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 12:50
އިންޝާﷲ ގެ ޑައިރެކްޓަރު ސަންޖޭލީލާ ބަންސާލީ އާއި ސަލްމާން ހާން
އިންޝާﷲ ގެ ޑައިރެކްޓަރު ސަންޖޭލީލާ ބަންސާލީ އާއި ސަލްމާން ހާން
އިންޑިއާ ޓައިމްސް
ސަލްމާން ހާން
ހިޔާލު ތަފާތުވުން އުފެދި ސަލްމާން ހާން ''އިންޝާﷲ'' ފިލްމު ދޫކޮށްލައިފި
ޖެހުނީ ސްކްރިޕްޓްގެ މައްސަލައެއް
ރަހުމަތްތެރިކަން ދެމި އޮންނާނެ

ހިޔާލު ތަފާތުވުން ތަކެއް އުފެދި ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ''އިންޝާﷲ'' ސަލްމާންހާން ދޫކޮށްލައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ. އާލިއާވެސް ހަރަކާތްތެރިވާ އެ ފިލްމު ކުރިން ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. އަދި 20 އަހަރު ފަހުން ބަންސާލީއާ އެކު މަސައްކަތް ކުރަން ލިބުނީތީވެ ސަލްމާން ވަނީ އުފާފާޅުކޮށް ސަލްމާނު ޓްވީޓެއްވެސް ކުރިއެވެ.

އެހެން ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ސްކްރިޕްޓާ މެދު ހިތްހަމަ ނުޖެހިގެން ސަލްމާން ވަނީ ފިލްމު ދޫކޮށްލާފައެވެ. އެ ފިލްމަކީ ލޯބީގެ ފިލްމަކަށްވާއިރު ސަލްމާން ބޭނުންވީ ލޯބީގެ ބައިގެ އިތުރުން އެހެނިގެން ބައިތައް ހިމެނޭ ގޮތަށް ފިލްމު ކުރިޔަށް ގެންދިޔުމަށެވެ. އެކަމަކު ބަންސާލީ ބޭނުންވީ ހަމައެކަނި ލޯބީގެ ބައި ފިލްމުގައި ހިމަނާށެވެ. އެކަމާއި މެދު ހިތްހަމަ ނުޖެހިގެން ފިލްމު ދޫކޮށްލުމަށް ފަހު ސަލްމާން ބުނެފައިވަނީ، ފިލްމު ދޫކޮށްލިޔަސް ބަންސާލީއާ އެކު ރަހުމަތްތެރިކަމުގެ ގުޅުން އޮންނާނެ ކަމަށެވެ. އަދި ބަންސާލީގެ އާއިލާ މީހުންނަކީވެސް އޭނާއާ ވަރަށް ގާތް ބަޔަކަށްވާއިރު އޭނާގެ ހިތުގައި ބުރަކަމެއް ނޮއްނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސަލްމާން އާއި ބަންސާލީ އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ 1996 ވަނަ އަހަރު ނެރުނު ހާމޯޝީ ފިލްމުގައެވެ. އޭގެ ފަހުން ހަމްދިލްދޭ ޗުކޭހޭ ސަނަމްގައި ވެސް ދެ މީހުން ވަނި އެކުގައި މަސައްކަތް ކޮށްފައެވެ.

- ކޮމެންޓް