Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 21:34
ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް
ވަގަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް
ޓްވިޓަރ
ކަސްޓަމްސް
ވަގަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ވެހިކަލްތަކެއް ކަސްޓަމްސްއިން އަތުލައިގެންފި
ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު ވެހިކަލްތަކެއް
3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ހިމެނޭ

ދިވެހިރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ވެހިކަލްތަކެއް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އޮގަސްޓް 24 ގައި ރާއްޖެއަށް ލަކުޑި އެތެރެކުރުމުގެ ނަމުގައި ގެނެވުނު 2 ކޮންޓެއިނަރެއްގައި ކާރާއި ސައިކަލްތަކެއް ވަގަށް އެތެރެކުރަމުންދާކަމުގެ މައުލޫމާތު ލިބުމުން ކަސްޓަމްސްއާ މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގުނު އޮޕަރޭޝަނުން މިހާތަނަށް 3 ކާރު، 2 ޕިކަޕް، 2 ވޭން އަދި 14 ސައިކަލު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ މިވެހިކަލްތަކުގެ ޖުމްލަ ސީ.އެންޑް.އެފް އަގު 586،000 (ފަސްލައްކަ އަށްޑިހަ ހަހާސް) ރުފިޔާއަށް އަންދާޒާ ކުރެވޭއިރު މިތަކެތީގެ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް 558،000 (ފަސްލައްކަ ފަންސާސްއަށް) ރުފިޔާ ލިބެންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

Advertisement

ކަސްޓަމްސްއިން ބުނީ މިފަދަ މައްސަލަތަކާ ގުޅިގެން ކަސްޓަމްސްއިން ފޯރުކޮށްދެވޭ ޚިދުމަތްތަކާއި މުއައްސަސާގެ ނަޒާހަތްތެރިކަން ގާއިމްކޮށް ނެގެހެއްޓުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުންދާނެކަމަށެވެ.

މިމައްސަލަ ކަސްޓަމްސްއިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް