Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 18:52
ރައީސް ނަޝީދު އުކުޅަހަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ
ރައީސް ނަޝީދު އުކުޅަހަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ
ޝުއައިބް މުހައްމަދު އިގްބާލް
ރައީސް ނަޝީދު
ރައީސް ނަޝީދު އުކުޅަހަށް ވަޑައިގެންފި
ރައީސް ނަޝީދު އުކުޅަހަށް ވަޑައިގެންފަ ވަނީ ހަވީރު 4:30 ހާއިރު
މިދަތުރު ފުޅަކީ އުކުޅަސް ޓެކް ފެއަރ ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
ޓެކް ފެއަރގެ ސްޓޯލްތައް އެމަނިކުފާނު ބައްލަވާލައްވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުކުޅަހަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އުކުޅަހަށް ވަޑައިގަނެފައި ވަނީ އޮގަސްޓް 27 ވަނަ ދުވަހު ހަވީރު 4:30 ހާއިރު މޯލްޑިވިއަންގެ ސީޕްލޭނެއްގައެވެ. އެމަނިކުފާނަށް މަރުހަބާ ދެއްނެވުމަށްޓަކައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބަނދަރު މައްޗަށް ނުކުމެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅަކީ އުކުޅަހުގައި މިހާރު ކުރިއަށްދާ އުކުޅަސް ފެއަރ ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ފެއަރއަށް ޒިޔާރަތް ކުރައްވައި ފެއަރގައި ހުރި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި ސްޓޯލްތައް ބައްލަވާލައްވާނެއެވެ. އަދި ސްކީމާ ކޮންފަރެންސްގެ ބައިވެރިންނާ އެމަނިކުފާނު ރަސްމީކޮށް ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ފައްޓަވާ ދެއްވާފައެވެ. މި ޕްރޮގްރާމްގެ ދަށުން އުކުޅަސް ޓެކް ފެއަރ އަށް ވަޑައިގެން އުޅުއްވާ ޕްރޮފެސަރުންނާ ސައިންޓިސްޓުން ވެސް ރަށުގައި ގަސް އިންދާނެއެވެ.

ރައީސް މުހައްމަދު ނަޝީދަކީ މިފަދަ ކޮންފަރެންސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް އަބަދުވެސް ބާރު އަޅުއްވާ މަސައްކަތްކުރައްވާ ބޭފުޅެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް