Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 17:08
ރައީސް އޮފީސް
ރައީސް އޮފީސް
އަޒުމޫން އަހުމަދު
ރައީސް އޮފީސް
މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި
މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަޤާމަށް އައްޔަން ކުރައްވަފައިވަނީ އަޙްމަދު އިމާން މޫސާ
އިމާން މޫސާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ސްކަލް ފިޝިންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަޤާމަށް މާފަންނު ސެވެންސްޓާރ، އަޙްމަދު އިމާން މޫސާ ޢައްޔަނު ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް އަންގާރަ ދުވަހު އައްޔަން ކުރެއްވި އަޙްމަދު އިމާން މޫސާ ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން އިންޓަރނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާޞިލު ކުރައްވާފައެވެ.

އަޙްމަދު އިމާން މޫސާ އެންމެ ފަހުން އަދާކުރައްވާފައިވަނީ ސްކަލް ފިޝިންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ.

Advertisement

މީގެ އިތުރުން އަޙްމަދު އިމާން މޫސާ ވަނީ ދިރާގާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަޤާމުތަކެއް ވެސް ފުރުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް