Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 16:32
ރައީސް އިބްރާހިމް މުހައްމދު ސާލިޙާއި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ
ރައީސް އިބްރާހިމް މުހައްމދު ސާލިޙާއި ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް ގެ ދައުވަތަކަށް ލަންކާގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
ރަނިލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 2 ގައި
މި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުގެ ދައުވަތަކަށް ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ދެކަނބަލުން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރަސްމީ ދަތުރުފުޅުގައި ރަނިލް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 2 ގައެވެ.

ރަނިލް އާއި އެކު މިދަތުރުފުޅުގައި ސަރުކާރުގެ އިސްވެރިންނާއި ކެބިނެޓްގެ ހަތަރު ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

Advertisement

ރަނިލްގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު އެއްބާރުލުން ދިނުމުގެ މަޝްވަރާތައް ކުރާނެ ކަމަށާއި ދެގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ރަނިލް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ސެޕްޓެމްބަރު 3 އަދި 4 ގައި ޕްރެޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ޗެއަރ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއަން އޯޝަން ކޮންފަރެންސް އަކީ އިންޑިއާ ފައުންޑޭޝަނާއި ދިވެހި ސަރުކާރާއި ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ. ސިންގަޕޫރުގެ އެސް ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީސް އަކީ ވެސް މި ކޮންފަރެންސްގެ ޕާޓްނަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް