Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 16:31
މިނިސްޓަރ އަބްދުﷲ ޝާހިދު އުކުޅަހުގައި
މިނިސްޓަރ އަބްދުﷲ ޝާހިދު އުކުޅަހުގައި
ޝުއައިބް މުހައްމަދު އިގްބާލް
ހާރިޖީ ވަޒީރު
އއ. އަތޮޅުގެ ރަށްތަކުގެ ކައުންސިލަރުންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި
ބައްދަލުކުރެއްވީ ރަސްދޫ، އުކުޅަސް އަދި ތޮއްޑޫގެ ރަށު ކައުންސިލްތަކާ
ރަސްދޫގެ ގިރަމުންދާ ސަރަހައްދާއި ތޮއްޑޫގެ ދަނޑުވެރިކަން ކުރާ ސަރަހައްދު މިނިސްޓަރ ޝާހިދު ބައްލަވާލެއްވި
މިނިސްޓަރ ޝާހިދު އެއަތޮޅަށް ވަޑައިގެން އުޅުއްވަނީ އުކުޅަހުގައި އޮތް ޓެކް ފެއަރއަށް ރައީސް ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަރިއަތޮޅު އުތުރުބުރި ބައެއް ރަށްރަށް ވަޑައިގެން، ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އއ.އުކުޅަސް ރަށު ކައުންސިލްގެ މެމްބަރުންނާއެވެ. އުކުޅަހަށް ފަހު މިނިސްޓަރ ޝާހިދު ވަޑައިގެންފައިވަނީ އއ. ރަސްދޫއަށެވެ. އެރަށަށް ވަޑައިގެން މިނިސްޓަ ޝާހިދު ވަނީ ރަށު ކައުންސިލާއި އަރިއަތޮޅު އުތުރުބުރި އަތޮޅު ކައުންސިލްގެ ބައެއް މެމްބަރުންނާއި ބައްދަލު ކުރައްވައިފައެވެ. އަދި އެރަށުގެ ވަށައިގެން ގިރަމުންދާ ބައެއް ސަރަހައްދުތައް ބައްލަވާލައްވައި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ބެހޭ މައުލޫމާތު ސާފު ކުރެއްވިއެވެ. ރަސްދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ލިބިފައިވާއިރު، އެމަސައްކަތް އެމްޓީސީީސީއާ މިހާރު ވަނީ ހަވާލު ކޮށްފައެވެ.

Advertisement

މިނިސްޓަރ ޝާހިދު މިއަދު ދެން ވަޑައިގެންފައިވަނީ އއ. ތޮއްޑޫއަށެވެ. ތޮއްޑޫ ރަށު ކައުންސިލްގެ މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާންއާއެކު ތޮއްޑޫ ކައުންސިލް އިދާރާގައި މިނިސްޓަރ ޝާހިދު ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ތޮއްޑޫގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ބޭރުގެ މާކެޓްތަކަށް ވިއްކުމާއި ބެހޭ ގޮތުންނާއި، ކައުންސިލުން ފާހަގަކުރި އެެރަށަށް ދިމާވެފައިވާ އެކި ކަންކަމާއި ބެހޭ ގޮތުން އެބޭފުޅުންނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާ ކުރެެއްވިއެވެ. ތޮއްޑޫއިން ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރ ޝާހިދު ވަނީ ކައުންސިލް މެމްބަރުންނާއިއެކު އެރަށުގައި ދަނޑުވެރިކަންކުރާ ސަރަހައްދު ބައްލަވާލައްވާފައެވެ.

މިނިސްޓަރ ޝާހިދު އެއަތޮޅަށް މިއަދު ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، އއ. އުކުޅަހުގައި ހޯމަ ދުވަހު ފެށުނު އުކުޅަސް ޓެކް ފެއަރ، އޭ.އައި މޯލްޑިވްސް އަދި ސްކީމާ 2019 މަހާސިންތާ ފައްޓަވައި ދެއްވުމަށާއި، އުކުޅަސް ކޮންވެންޝަން ސެންޓަރ ހުޅުވައިދެއްވުމަށެވެ. އުކުޅަސް ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުން ޚަރަދު ކޮށްގެން 24 ދުވަހުގެ ތެރޭގައި ނިންމި ސެންޓަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް