Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 15:47
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ރާއްޖެ އެމްވީ
33 ވަނަ ޤުރުއާން މުބާރާތް
މިހާތަނަށް އެންމެ ބައިވެރިން ގިނައީ މިއަހަރުގެ ޤުރުއާން މުބާރާތުގައި: މިނިސްޓްރީ
1273 ބައިވެރިން ކުރިމަތިލާފައިވޭ
ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މުބާރާތް ފަށާނެ
3 ކެޓެގަރީއަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންދާނެ

ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބައިވެރިން ގިނަ މުބާރާތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އަންގާރަ ދުވަހު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤުރުއާން މުބާރާތުގެ އިންތިޒާމް ކޮމިޓީގެ މެމްބަރު އަހުމަދު ތައުފީޤު ވިދާޅުވީ، މިއަހަރު ޖުމުލަ 1273 ބައިވެރިން ކުރިމަތިލާފައިވާ ކަމަށާއި، މި އަހަރުގެ މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބައިވެރިން ގިނަ މުބާރާތް ކަމަށެވެ. އެގޮތުން ސަރުކާރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ފެނިގެންގޮސް އެ މަޤްސަދު ހާސިލުވަމުންދާ ކަމަށާއި، މުބާރާތަށް އަންނަ ފަރާތްތަކުގެ އިންތިޒާމްތައް އެންމެ ފުރިހަމައަށް ގެންދިއުމަށް މަސައްކަތްކުރައްވާ ކަމަށެވެ.

މިއަހަރުގެ މުބާރާތް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްދާއިރު، މިނިސްޓްރީން ބުނީ، މިއަހަރުގެ ޤައުމީ މުބާރާތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ޚާއްސަ އިސްކަމެއްދޭ ކަމަށާއި، ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު، ކަނޑައެޅިފައިވާ ތާރީޚަށް މުބާރާތް ފައްޓަވާނެ ކަމަށެވެ. އެގޮތުން ކުރީގެ އަހަރުތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ކުރާނީ އެއް ސުވާލުކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

Advertisement

މިއަހަރުގެ މުބާރާތުގެ ޤަވާއިދު އެކުލަވާލާފައިވާއިރު، 3 ކެޓެގަރީއަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާނެ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ އާންމު ފަރާތްތަކުގެ ބަޔާއި، ސުކޫލުތަކަށް ޚާއްސަ ކުރެވިފައިވާ ބަޔާއި، ހާފިޒުންގެ ބައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން ޤުރުއާނާބެހޭ މަރުކަޒުގެ ސުޕަވައިޒަރ އިބްރާހިމް އަޒްލިފް ވިދާޅުވީ، އާންމު ބަައިގައި ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތައް ބައިވެރިވާއިރު، ޤުރުއާން ކްލާސްތަކާއި، ކޮލެޖު އަދި ޔުނިވަރސިޓީތަކަަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

އަޒްލިފް އިތުރަށް ވިދާޅުވީ، ސުކޫލުތަކުގެ ބައިތައް ކުރިއަށް ގެންދާނީ ކީ ސްޓޭޖްތަކަކަށް ބަހާލައިގެން ކަމަށާއި، ޙާފިޒުންގެ ބައިގައި ރާއްޖޭގެ ހުރިހާ ހާފިޒުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން ހާފިޒުންގެ ބައިގައި މުއައްސަސާތަކުން ބޭނުން އަދަދަކަށް ބައިވެރިވެވޭއިރު، އާންމު ބައިތަކަށް އަދަދުކުރެވިފައިވަނީ 12 ފަރާތެކެވެ.

ހާފިޒުންގެ ބައިގައި މިއޮތީ ރާއްޖޭގައި ތިބި ކޮންމެ ހާފިޒަކަށްވެސް ބައިވެރިވެވޭގޮތަށް، އަދި އިސްވެ ދެންނެވި ކޮންމެ މުއައްސަސާއަކުންވެސް ބޭނުން އަދަދަކަށް ހާފިޒުންގެ ބަޔަށް ބައިވެރިވެވޭގޮތަށް، އެހެން ނަމަވެސް އާންމު ބައިގައި ހިމެނޭ ނުވަތަ ބައިވެރިވާން އެދޭ ފަރާތްތަކުން ޖުމުލަ 12 އަދަދު ކުރެވިފައި މި އޮތީ، އަދި ސުކޫލުތަކަށް މި އޮތީ، ރާއްޖޭގެ ކޮންމެ ސުކޫލަކަށް 15 އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައި ނުވަތަ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސުކޫލަކުންވެސް
ޤުރުއާނާބެހޭ މަރުކަޒުގެ ސުޕަވައިޒަރ އިބްރާހިމް އަޒްލިފް

މިއަހަރުގެ ޤުރުއާން މުބާރާތުގައި ރެކޯޑު އަދަދަކަށް ބައިވެރިން ކުރިމަތިލާފައިވާއިރު، މިނިސްޓްރީން ބުނީ، އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުން ބައިވެރި ކުރުވުން ކަމަށާއި، މިއަހަރުގެ މުބާރާތް ވެސް އެންމެ ފުރިހަމަ އިންތިޒާމްތަކާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓަރާއި، ނައިބް ރައީސް ފައިސަލް ނަސީމްވެސް މުބާރާތުގެ އިންތިޒާމުތައް ގާތުން ބަލަހައްޓަވަމުން ގެންދަވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް