Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 15:28
އުކުޅަސް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން
އުކުޅަސް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުން
އުކުޅަސް ޓެކް ފެއަރ
ޓެކް ފެއަރގެ ހުރިހާ ފައިދާއެއް އުކުޅަހަށް
ކޮންވެންޝަން ސެންޓަރަުގެ ސަބަބުން އުކުޅަހުގެ ފަތުރުވެރިކަށް ކުރިއެރުވޭނެ
ކޮންފަރެންސްގެ ސަބަބުން އުކުޅަހަށް މާލީ ގޮތުން އެތައް ފައިދާއެއް ކުރާނެ
ކޮންފަރެންސްގެ ސަބަބުން ވަރަށް ގިނަ މީހުންނަށް ގިނަ މައުލޫމާތު ތަކެއް ލިބިގެންދިޔަ

އުކުޅަސް ޓެކް ފެއަރ އާއި ސްކީމާ ކޮންފަރެންސްގެ ސަބަބުން ހުރިހާ ފައިދާއެއް ވީ އުކުޅަށް ކަމަށް އުކުޅަހު ކައުންސިލްގެ ރައީސް މަނިކު ވިދާޅުވެއްޖެއެވެ.

ސްކީމާ ކޮންފަރެންސްއާ ޓެކް ފެއަރ އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް އުކުޅަސް ކޮންވެންޝަން ސެންޓަރގައި ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މަނިކު ވިދާޅުވީ މި ކޮންފަރެންސްގެ ސަބަބުން އުކުޅަހަށް މާލީ ގޮތުން އެތައް ފައިދާއެއް ލިބިގެން ދާކަމަށެވެ. އެގޮތުން، އުކުޅަހުގެ ފެރީ ސަރވިސްގެ އިތުރުން ގެސްޓްހައުސްގެ ވިޔަފާރިއަށް ގިނަ ފައިދާތަކެއް ކޮށްފައިވާކަމަށެވެ.

މަނިކު އިތުރަށް ވިދާޅުވީ، އުކުޅަހުގައި ހުޅުވުނު ކޮންވެންޝަން ސެންޓަރގެ ސަބަބުން އުކުޅަހުގެ ފަތުރުވެރިކަމަށް ރަނގަޅު ބަދަލުތަކުން އަންނާނެ ކަމަށެވެ.

އަދި އައްޑޫގައި ހެދި ކޮންވެންޝަން ސެންޓަރުން ފިލާވަޅު ދަސްކޮށް އެގޮތަށް ކަންވިޔަ ނުދިނުމަށް ޓަކައި ޕްލޭންތައް ކުރެވިފައިވާ ކަމަށާއި އުކުޅަސް ކޮންވެންޝަން ސެންޓަރުގައި އިތުރު ކޮންފަރެންސް ތަކާއި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް ކުރިއެރުވުމަށް މުހިންމު ހަފްލާތަކާ ޝޯތައް ބޭއްވުމުގެ ހިޔާލު ގެންގުޅޭ ކަމަށް ވެސް މަނިކު ވިދާޅުވިއެވެ.

Advertisement

މި ބައްދަލުވުމުގައި އުގެއިލް ފައުންޑޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވީ ކޮންފަރެންސް ކުރިއަށް ދަނީ ހީކުރި ވަރަށް ވުރެ ވެސް ރަނގަޅަށް ކަމުގައެވެ. މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުން ކަމަށާއި ކޮންފަރެންސްގެ ސަބަބުން ކޮންފަރެންސްގައި ބައިވެރިވި ޕްރޮފެސަރުންނާ ސައިންޓިސްޓުންގެ އިތުރުން ޓެކް ފެއަރގައި ބައިވެރިވި ފަރާތްތަކަށް ވެސް ތަފާތު ގިނަ މައުލޫމާތުތަކެއް ލިބި އެކަކު އަނެކަކާ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާކަމަށެވެ.

ކޮންފަރެންސްއާއި ކޮންވެންޝަން ސެންޓަރގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ފައިދާކުރާނެކަށް ފާހަގަ ކުރައްވާ ޕްރޮފެސަރ އުގެއިލް ވިދާޅުވީ މައިސް ޓޫރިޒަމް ރާއްޖޭގައި ތައާރަފްވެގެން ގޮސްފައިވާކަމަށެވެ. އަދި މީގެ ސަބަބުން އުކުޅަހަށް ވިޔަފާރީގެ އެތައް ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށް ޕްރޮފެސަރ ވިދާޅުވިއެވެ.

އުގެއިލް ފައުންޑޭޝަންއިން ވަނީ ކޮންފަރެންސް ކާމިޔާބު ގޮތުގައި ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އުރީދޫ އަދި އެމްޓީސީސީގެ އިތުރުން ކޮންފަރެންސްގެ ހުރިހާ ޕާރޓްނަރުންގެ ފަރާތުން ލިބެމުންދާ އެހީ ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އުކުޅަހުގެ ރައްޔިތުންނާ ކައުންސިލްގެ ފަރާތުން ލިބެމުންދާ އެއްބާރުލުންވެސް އެ ފަރާތުންވަނީ ފާހަގަކުރައްވާފައެވެ.

މިފަދަ ތަފާފު ކޮންފަރެންސްތައް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އިތުރު އަތޮޅުތަކުގައި ބޭއްވުމުގެ ހިޔާލު ގެންގުޅުވާކަމަށް ޕްރޮފެސަރ އުގެއިލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް