Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 15:31
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލް މަޖިލީހުން ބަލައިގެންފި
މި ބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ 73 މެމްބަރުންގެ ވޯޓުން
މި ބިލް އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވާފަ
ބިލް ހުށަހެޅުއްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުން

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލް މަޖިލީހުން ބަލައިގެންފިއެވެ.

މި ބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ 73 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ. މި ބިލް އިތުރަށް ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވާފައެވެ.

Advertisement

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭ ބިލް ހުށަހެޅުއްވުމުގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކޮށްދިނުމެވެ.

މީގެ އިތުރުން އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށް، އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހި ކުރުން ވެސް މި ބިލް ހުށަހެޅުނު މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި މި ބިލްގައި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިއުމާއި ފޮސްޓަރ ކުރެވޭ އުސޫލުތައް ކަނޑައެޅުމާއި ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނަށް އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނޭ ގޮތްތައް ކަނޑައެޅުން ވެސް މި ބިލް ހުށަހެޅުނު މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލްގައި ބަޔާންކޮށްފައިވާ ބައެއް ހައްގުތައް:

  1. ދިރިއުޅުމާއި ހެދި ބޮޑުވުމުގެ ހައްގު
  2. ކުދިންނަށް އަޅާލުމާއި ހިމާޔަތް ލިބުމުގެ ހައްގު
  3. ޖިންސީ ގޮތުން ނާޖާއިޒް ބޭނުން ހިފުމާއި ޖިންސީ ގޯނާ ކުރުމުން ރައްކާތެރިކަން ލިބިދިނުމުގެ ހައްގު
  4. އަނިޔާ އާއި ގޯނާ ކުރުމާއި އަޅާނުލުމުން ރައްކާތެރިކަން ލިބިދިނުމުގެ ހައްގު،
  5. ނޭދެވޭ އިޖްތިމާއީ އަދި ސަގާފީ ކަންކަމުން ރައްކާތެރިކޮށް ދިނުމުގެ ހައްގު
  6. ނުކުޅެދުންތެރިކަމެއް ހުރި ކޮންމެ ކުއްޖަކަށް، އެކުދިންގެ ގާބިލިއްޔަތު ތަންދޭ މިންވަރަކުން އަދި އެކުދިންގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން އަމިއްލައަށް ކަންކަން ނިންމުމުގެ އިޚްތިޔާރާއި މުޖްތަމައުގައި ބައިވެރިވުމުގައި ހަމަހަމަ ފުރުސަތު ލިބިފައިވާ، އަބުރުވެރި ދިރިއުޅުމެއް އުޅެވުމުގެ ހައްގު
  7. ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމާއި ސިއްހީ ފަރުވާ ލިބިދިނުމުގެ ހައްގު
  8. އެކަށީގެންވާ މިންވަރެއްގައި ދިރިއުޅުމުގެ ފެންވަރު ދެމެހެއްޓުމާއި އިޖްތިމާއީ ރައްކާތެރިކަން ލިބިގަތުމުގެ ހައްގު
  9. އުނގެނުމުގެ ހައްގު
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް