Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 12:42
ފަނޑިޔާރު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ދީދީ
ފޭސްބުކް
ސުޕްރީމް ކޯޓު
ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ހުށައަޅަން ޖޭއެސްސީން ނިންމައިފި
ފަނޑިޔާރު ޑީޑީގެ މައްޗަށް ވަނީ ގިނަ ތުހުމަތުތަކެއް ކުރެވިފައި
ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ހުށައެޅީ ޖަވާބުދާރީވާން ގާނޫނުން ލާޒިމްކުރާ 30 ދުވަހުގެ މުއްދަތު ދިނުމަށް ފަހުގަ
ފަނޑިޔާރު ޑީޑީ ޖަވާބުދާރީ ވެވަޑައިގެންނެވީ ލިޔުމުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމަށް މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސަރވސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އަންގާރަ ދުވަހު ބޭއްވެވީ ޖޭއެސްސީގެ ޖަލްސާއަށް ފަހު ނެރުނު ނޫސް ބަޔާނެއްގައި ޖޭއެސްސީއިން ބުނެފައިވަނީ، ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލިހަށް ފޮނުވަން ނިންމީ، އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓަށް ބަދަލެއް ގެންނަން ނުފެންނާތީ ކަމަށެވެ. ޖޭއެސްސީން ވަނީ ފަނޑިޔާރު ޑީޑީގެ ތަހުގީގު ރިޕޯޓަށް ޖަވާބުދާރީ ވުމަށް ގާނޫނޫގައި ލާޒިމްކުރާ 30 ދުވަހުގެ މުއްދަތު ދީފައެވެ.

Advertisement

ފަނޑިޔާރު ޑީޑީ އެކޮމިޝަނަށް ލިޔުމުން ޖަވާބު ދެއްވާފައިވާ އިރު، ޖޭއެސްސީން ވަނީ އެ ޖަވާބުގައިވާ ކަންކަމަށް ބެލުމަށް ފަހު ތަހުގީގު ރިޕޯޓަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށް ނިންމާފައެވެ.

އަންގާރަ ދުވަހު ބޭއްވި މަޖިލިހުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ ދުވަހުގެ ރޭގަނޑު އޮންނަ ޖަލްސާގައި، ފަނޑިޔާރު ޑީޑީ މަގާމުން ވަކިކުރުމުގެ މައްސަލަ ތާވަލުކުރެވިފައިވާ ކަން އިއުލާން ކުރައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް