Advertisement
ކ. މާލެ
|
27 އޯގަސްޓް 2019 | އަންގާރަ 12:08
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
މަޖިލިސް
ަމަޖިލިސް 2019
ބަޖެޓުގައި ހިމަނާފައިވާ ބަނދަރުގެ މަސައްކަތްތަކުން ނިމޭނީ 80 އިންސައްތަ: އަސްލަމް
ބަނދަރުގެ މަސައްކަތުގެ ގޮތުގައި ބަޖެޓްގައި ހިމަނާފައިވަނީ ޖުމްލަ 563 މިލިޔަން ރުފިޔާ
ކޮންޓްރެކްޓްގައި ސޮއިކުރެވިފައި ހުރި މަސައްކަތްތަކުގެ ޖުމްލަ އަދަދު 700 މިލިޔަން ރުފިޔާ އަރާ
ބަޖެޓްގައި ހިމަނާފައި ހުރި އަދަދުގެ ގާތްގަނޑަކަށް 75 ޕަސެންޓް އާއި 80 ޕަސެންޓާއި ދޭތެރޭ އަދަދަކަށް ޑިސްޕާރސްޓްމަންޓް ކުރިއަށް ގެންދެވޭނެ

މި އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތްތަކުގެ ގޮތުގައި ބަޖެޓުގައި ހިމަނާފައިވާ މަސައްކަތްތަކުގެ، ހާސިލް ކުރެވެނީ 80 ޕަސެންޓްކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، ވަޒީރާއި ސުވާލުކުރެއްވުމަށް އެދިވަޑައިގެންފައިވާތީ، އެކަމާއި ގުޅިގެން މަޖިލީހަށް ހާޒިރުކޮށް ދެންނެވުނު ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

Advertisement

މިނިސްޓަރ އަސްލަމް ވިދާޅުވީ މި އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތްތަކުގެ ގޮތުގައި، ބަޖެޓްގައި ހިމަނާފައިވަނީ ޖުމްލަ 563 މިލިޔަން ރުފިޔާގެ މަސައްކަތް ކަމަށެވެ. ނަމަވެސް މިހާތަނަށް ކޮންޓްރެކްޓްގައި ސޮއިކުރެވިފައި ހުރި މަސައްކަތްތަކުގެ ޖުމްލަ އަދަދު 700 މިލިޔަން ރުފިޔާއަށް ވުރެ މައްޗަށް އަރައިގެން ގޮސްފައިވާ ކަމަށެވެ.

ކޮންޓްރެކްޓްގައި ސޮއިކުރެވުނަސް އަހަރުގެ ތެރޭގައި ކޮންޓްރެކްޓްގައި ސޮއި ކުރެވޭ އަދަދު އެކީގައި ޑިސްޕާރސް ވެގެނެއް ނުދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ ބަޖެޓްގައި ހިމަނާފައި ހުރި އަދަދުގެ ގާތްގަނޑަކަށް 75 ޕަސެންޓް އާއި 80 ޕަސެންޓާއި ދޭތެރޭ އަދަދަކަށް ޑިސްޕާރސްޓްމަންޓް ކުރިއަށް ގެންދެވޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށާއި، 100 ޕަސެންޓް ހާސިލްކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ޑިސްޕާރސްޓްމަންޓަކީ ސީދާ މަސައްކަތް ކުރިއަށްދާ މިންވަރާއި ގުޅިފައި އޮންނަ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ޑިސްޕާރސްޓްމަންޓަކީ ސީދާ މަސައްކަތް ކުރިއަށްދާ މިންވަރާއި ގުޅިފައި އޮންނަ ކަމެއް . އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންނަށް މަސައްކަތުގެ ގޮތުގައި އަހަރުގެ ތެރޭގައި އެޗީވްވާނީ ގާތްގަނޑަކަށް 80 ޕަސެންޓް އަށް .100 ޕަސެންޓަށް އެޗީވްވާނެ ކަމަށް ގަބޫލެއް ނުކުރަން"
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ

މަޑުއްވަރީ ދާއިރާގެ މެމްބަރު މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށްފައިވަނީ ރ. މަޑުއްވަރީ ބަނދަރުގެ މަސައްކަތް މި އަހަރުތެރޭގައި ފެށޭނެތޯ އާއި އެ މަސައްކަތަށް މި އަހަރަށް ބޭނުންވާ ފާއިސާ ސެކިއުއާރ ކުރެވިފައިވޭތޯ ބެއްލެވުމަށެވެ.

އެކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރ. މަޑުއްވަރީ ބަނދަރު ހެދުމުގެ މަޝްރޫއުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ މަސައްކަތަށް މި އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވަނީ 15 މިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް ބަނދަރުގެ މަސައްކަތަށް 68665000 (ފަސްދޮޅަސް އަށްމިލިޔަން ހަލައްކަ ފަސްދޮޅަސްފަސް ހާސް) ރުފިޔާ އަރާ ކަމަށެވެ. ބަޖެޓްގައި ހިމަނާފައިވަނީ އަދަދަށްވުރެ ބޮޑު އަދަދެއް ބަނދަރު ހެދުމަށް ޚަރަދުވެގެންދާއިރު، އިތުރަށް ޚަރަދުވެގެންދާ ފާއިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރ މަޑުއްވަރީގައި ހެދުމަށް ނިންމާފައިވަނީ 1200 ފޫޓްގެ ބަނދަރެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް