Advertisement
ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 11:35
އުކުޅަސް ކޮންވެންޝަން ސެންޓަރ ހުޅުވައިދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
އުކުޅަސް ކޮންވެންޝަން ސެންޓަރ ހުޅުވައިދެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝުއައިބް މުހައްމަދު އިގްބާލް
އުކުޅަސް ކޮންވެންޝަން ސެންޓަރ
އުކުޅަސް ކޮންވެންޝަން ސެންޓަރ ހުޅުވައިފި
އުކުޅަސް ކޮންވެންޝަން ސެންޓަރ ހުޅުވީ އޮގަސްޓް 26 ގައި
އުކުޅަސް ކޮންވެންޝަން ސެންޓަރ އިމާރަތް ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އާއި ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން
17 މިލިއަން ރުފިޔާގެ މި ސެންޓަރ އިމާރަތް ކޮށްފައިވަނީ 25 ދުވަހުން

އުކުޅަސް ކޮންވެންޝަން ސެންޓަރ ރަސްމީކޮށް ހުޅުވައިފިއެވެ.

އޮގަސްޓް 26 ވަނަ ދުވަހު މި ކޮންވެންޝަން ސެންޓަރ ހުޅުވައިދެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެވެ.

ކޮންވެންޝަން ސެންޓަރ ހުޅުވާދެއްވުމަށްފަހު، މިނިސްޓަރު ޝާހިދު ވަނީ އުކުޅަސް ޓެކް ފެއަރ 2019 އަދި ސައިންސް ވެރިންގެ ކޮންފަރެންސް، އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޮފްޓްވެއަރ ނޮލެޖް، އިންފޮރމޭޝަން މެނޭޖްމެންޓް އެންޑް އެޕްލިކޭޝަންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދައްކަވާފައިވެއެވެ.

Advertisement

ކޮންވެންޝަން ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ މި ކޮންވެންޝަންގެ ސަބަބުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަފްލާތައް ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމުގައެވެ. އަދި މި ކޮންވެންޝަން ސެންޓަރަކީ ސަރުކާރުން ވައުދުތައް ފުއްދާނެ ކަމުގެ ހެއްކެއް ކަމުގައެވެ.

މިނިސްޓަރ ވަނީ އުކުޅަސް ކޮންވެންޝަން ސެންޓަރުން ދިވެހިންގެ ހުނަރުވެރިކަށް ހުރިހާ ގޮތަކުން ވެސް ފެނިގެންދާކަށް ފާހަގަކުރައްވާފައެވެ.

އުކުޅަސް ކޮންވެންޝަން ސެންޓަރ މިނިސްޓަރ ޝާހިދު ހުޅުއްވައިދެއްވަނީ

އުކުޅަސް ކޮންވެންޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އާއި ދައުލަތުގެ ބަޖެޓުން ހަރަދުކޮށް، 25 ދުވަހުގެ ތެރޭގައި އިމާރަތްކޮށްފައިވާ ސެންޓަރެކެވެ. އިންޑިއާ ސަރުކާރުން ވަނީ މި ކޮންވެންޝަން ސެންޓަރ އިމާރަތް ކުރުމަށް 7 މިލިއަން ރުފިޔާ ހަދިޔާ ކޮށްފައެވެ. ކޮންވެންޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުކުޅަސް ކޮންވެންޝަން ސެންޓަރ އިމާރަތް ކޮށްފައިވަނީ ރާއްޖޭގެ އިމާރަތް ކުރުމުގެ ދާއިރާގައި މަޝްހޫރު ކުންފުނި، އަމީން ކޮންސްޓްރަކްޝަން އިންއެވެ. އަދި މި ސެންޓަރަކީ މާލޭގެ އިތުރުން ރާއްޖޭގެ ރަށެއްގައި އެޅުނު ދެވަނަ ކޮންވެންޝަން ސެންޓަރެވެ. ރާއްޖެތެރޭގައި އެޅުނު ފުރަތަމަ ކޮންވެންޝަން ސެންޓަރ އަޅާފައިވަނީ ސާކް ސަމިޓަށް އައްޑޫ ސިޓީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް