Advertisement
ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 16:14
ތ. ވޭމަންޑޫ
ތ. ވޭމަންޑޫ
ސޯޝަލް މީޑިއާ
ތ. ވޭމަންޑޫ
ވޭމަންޑޫ މުދިމުގެ ބޮލަށް ގޮފިގަނޑެއް ވެއްޓި ހާލު ސީރިއަސްވެ މާލޭ ގެނެސްފި
މިހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހު ހެނދުނު
އޭނާ މާލެ ގެނެސްފައިވަނީ އާދިއްތަ ދުވަހު މެންދުރު

ތ. ވޭމަންދޫ މިސްކިތުގެ މުދިމު އާދަމް ސައީދުގެ ބޮލަށް ގަހެއްގެ ގޮފިގަނޑެއް ވެއްޓި ހާލު ސީރިއަސްވެ އޭނާ މާލޭ ގެނެސްފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވޭމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީހު ވިދާޅުވީ އެހާދިސާ ހިނގާފައި ވަނީ އާދިއްތަ ދުވަހު ހެނދުނު ކަމަށެވެ.

ނަސީހު ވިދާޅުވީ ސައީދުގެ ބޮލަށް ގޮފިގަނޑު ވެއްޓިފައިވަނީ އޭނާގެ އަންހެނުންގެ ތިމާގެ މީހެއްގެ ބަނބުކޮޔޮ ގަހަށް އަރާ ކެޔޮ ކެނޑުމަށް ފަހު ގަހުން ފައިބައިގެން ގަހުގެ ގޮފިގަނޑެއްގައި އެލުވާފަހުރި ޖޯއްޔެއްގައި އޮށޯވެ އޮއްވާ ޖޯލި އެލުވާފައި އިން ގޮފިގަނޑު ބިންދައިގެން ގޮސް ވެއްޓި އޭނާގެ ބޮލުގައި ޖެހުމުން ކަމަށެވެ.

Advertisement

އެވަގުތު އޭނާ ހޭނެތުމުން ވަގުތުން ހޮސްޕިލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން ހޭ އެރި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ނަމަވެސް އޭނާގެ ހާލު ސީރިއަސް ވުމުން ޑޮކްޓަރުންގެ ލަފާގެ މަތިން އިތުރު ފަރުވާއަށް އާދިއްތަ ދުވަހު މެންދުރު މާލެ ގެނެސްފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އޭނާ ބަނބުކެޔޮ ކަނޑަން އެރި ގަހަކީ ފަޅު ގެއެއްގައި ހުރި ގަހެއް ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް