Advertisement
ކ. މާލެ
|
25 އޯގަސްޓް 2019 | އާދީއްތަ 12:43
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް
މަޖިލިސް
ކައުންސިލްތައް ބާރުވެރިކުރުމަށް ގޮވާލާ ދެ ގަރާރެއް ހުށަހަޅައިފި
ގަރާރުތަކުގެ ފުރަތަމަ ކިއުން ވަނީ އާދީއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފަ
ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ގޮވާލާ ގަރާރުގެ ފުރަތަމަ ކިއުން އިއްވާފަވޭ
ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަނދިިކަން އެރަށަކަށް ލިބުމަށް ގޮވާލާ ގަރާރުގެ ފުރަތަމަ ކިއުންވަނީ އިއްވާފަ

ކައުންސިލްތައް ބާރުވެރިކުރުމަށް ގޮވާލާ ދެ ގަރާރެއް ހުށަހަޅައިފި އެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ގޮވާލާ ގަރާރާއި، ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމާއި، ރަށްރަށުގެ މުއްސަނދިިކަން އެރަށަކަށް ލިބުމަށް ގޮވާލާ ގަރާރުގެ ފުރަތަމަ ކިއުން ވަނީ އާދީއްތަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައެވެ.

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ގޮވާލާ ގަރާރަކީ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކައުންސިލްތަކުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދުމަތް ދިނުމުގައި ރައްޔިތުންނާއި ގާތުން ވެރިކަން ހިންގުމުގެ އުސޫލުތައް ތަންފީޒުކުރުމުގައި ނުކުޅެދިފައިވަނީ އެކަމަށް ބޭނުންވާ ގާބިލުކަން އެ ކައުންސިލްތަކުގައި ނެތުމުގެ ސަބަބުން ކަމަށް ފެންނާތީ، ރާއްޖޭގެ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވޭނޭ ގޮތަށް ގާނޫނު އެކުލަވާލުމަށް ގޮވާލާ ގަރާރެކެވެ.

Advertisement

މި ގަރާރުގައި ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން ފަސް އިންސައްތައަށްވާ ފައިސާ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން ކައުންސިލްތަކަށް ލިބުމާއި، ކައުންސިލްތަކަށް ލިބިދޭ މާލީ އެހީތެރިކަމާއި، ދައުލަތުގެ ބަޖެޓުން ދެވޭ ފައިސާގެ ސަބަބުން ދައުލަތުގެ ޖުމްލަ ހަރަދު އިތުރުވެގެން ނުދާނޭކަން ކަށަވަރުކުރުމުގެ ގޮތުން އެފައިސާއިން އެ އަހަރަކަށް ކުރުމަށް ކަނޑައަޅާ މަސައްކަތްތައްވެސް ކައުންސިލްތަކުގެ ދަށަށް ބަލުވާކަން މަޖިލީހުން ކަށަވަރުކުރުން ހިމެނެއެވެ. އަދި ބިމުގެ ކުލީގެ ގޮތުގައި ސަރުކާރަށް ލިބޭ އާންމުދަނީގެ 40 އިންސައްތަ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން ކައުންސިލްތަކަށް ލިބިދިނުމާއި ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ކައުސިލްތަކަށް ދޭ ފައިސާ ބޭނުން ކުރުމާ ގުޅޭ އުސޫލުތަކާއި އެ ފައިސާއާ ގުޅިގެން އުފެދޭ އިދާރީ އަދި މާލީ ޒިންމާތަައް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށް މަޖިލީހުން އިގުރާރުވުމަށް މި ގަރާރުގައި ހިމަނާފައިވެއެވެ.

ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމަށް ގޮވާލާ ގަރާރުގައި ހިމަނާފައިވަނީ ކޮންމެ ރަށެށްގެ ސަރަހައްދަކީ، އެ ރަށެއްގެ އުރަފުށުން ފެށިގެން 500 މީޓަރުގެ ސަރަހައްދުކަމުގައި ކޮންމެ ރަށެއްގެ ސަރަހައްދުގައި ހިމެނޭ ރަށްރަށާއި ފަޅާއި ފަރުފަދަ ތަންތަނާއި، އެފަދަ ތަންތަން ބޭނުންކޮށްގެން ލިބޭ އާމްދަނީ ނިސްބަތްވަނީ އެ ރަށެށްގެ ރަށު ކައުންސިލަށް ކަމަށް މަޖިލީހުން ކަނޑައެޅުމާއި އެ ސަރަހައްދުތަކުން ލިބޭ އާމްދަނީ އިން ރަށު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ރަށުގެ އުމްރާނީ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމުގައި އަމަލު ކުރަން ޖެހޭނެ ގޮތް ގާނޫނުގައި ބަޔާން ކުރުމަށެވެ. އަދި ލާމަރުކަޒީ އުސޫލޫގެ ހަގީގީ މާނައާ އެއްގޮތައް ގަރާރުގައި ހިމެނޭ ކަންކަން ހިމެނޭ ގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުން ވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް