ބަޖެޓަށް 1.7 ބިލިޔަން އިތުރުކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބަޖެޓަށް ފާއިސާ އިތުރުކުރަން އެދިފައިވާ ސިޓީ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓާއި ގުޅޭ ކަންތައް ދިރާސާ ކުރަމުން އަންނަނީ، އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ގުޅިފައިވާ ކޮމީޓިއަކުން ކަމަށެވެ. އެހެންކަމުން މި މައްސަލަވެސް އެ ދެ ކޮމިޓީއާއި ގުޅިގެން އެކުލަވާލެވޭ ކޮމިޓީއަކުން ދިރާސާ ކުރާނެ ކަމަށެވެ. އަދި މާދަމާ މި ކަމާއި ގުޅިގެން އެކުލަވާލެވޭ ރިޕޯޓް ނިންމުމަށް އެދޭ ކަމަށާއި، މި ރިޕޯޓަށް މަޖިލީހުގެ ތަޅުމަށް މާދަމާ ރޭ ހުށަހަޅައި ބަހުސް ކުރަން ބޭނުންވާ ކަމަށެވެ.
އާދީއްތަދުވަހު ހަތަރުދަމު ބަޖެޓުގައި މަސައްކަތް ކުރަން ޖެހޭ. މާދަމާ އެ ރިޕޯޓު މަޖިލީހަށް ހުށަހަޅަން ޖެހޭނެ . މާދަމާ ރޭގެ ނިޔަލަށް އިސްލާހު ހުށަހެޅުމަށް ވަގުތު ދެވި އަދި އެ ރޭ އިތުރު ފައިސާ ހޯދުމާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ނިންމަން އަމާޒު ހިފަން ޖެހޭމަޖިލީހުގެ ރައީސް ނަޝީދު
މަޖިލީހުން މި އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ފާސްކޮށްފައިވަނީ30 ބިލިޔަން ރުފިޔާއެވެ. ސަރުކާރުން ބަޖެޓަށް އިތުރު ކުރަން އެދިފައިވަނީ 1،703.9 ( އެއް ބިލިޔަން ހަތް ސަތޭކަ ތިން މިލިޔަން އެއްލައްކަ ނުވަދިހަ އަށްހާސް ހަތްދިހަ) ރުފިޔާ އެވެ. ބަޖެޓަށް އިތުރު ކުރި އަދަދާއެކު މުޅި ޖުމްލަ ބަޖެޓްގެ އަދަދަކީ 31،954،904،612 ( އެއްތިރީސް ބިލިޔަން ނުވަ ސަތޭކަ ފަންސާސް ހަތަރު މިލިޔަން ނުވަ ލައްކަ ހަތަރު ހާސް ހަ ސަތޭކަ ބާރަ) ރުފިޔާއެވެ.