Advertisement
ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 19:13
ޖޭއެސްސީގެ ބައެއް މެމްބަރުން.  ދަށު ކޯޓުން ޖޭއެސްސީގައި އިންނަވާނެ ފަނޑިޔާރަކަށް އަލީ ޝަރީފް ވަނީ ހޮވާފައި
ޖޭއެސްސީގެ ބައެއް މެމްބަރުން. ދަށު ކޯޓުން ޖޭއެސްސީގައި އިންނަވާނެ ފަނޑިޔާރަކަށް އަލީ ޝަރީފް ވަނީ ހޮވާފައި
ޝުއައިބް މުހައްމަދު އިގްބާލް
ޖޭއެސްސީ
ދަށު ކޯޓުން ޖޭއެސްސީގައި އިންނަވާނެ ފަނޑިޔާރަކަށް އަލީ ޝަރީފް
ވަގުތީ ނަތީޖާ ދައްކާގޮތުން އަލީ ޝަރީފަށް ލިބިވަޑައިގެންނެވީ 127 ވޯޓު

ދަށު ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ގައި އިންނަވާނެ ފަނޑިޔާރަކަށް ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު ހޮވި ވަޑައިގެންފިއެވެ.

ދަށު ކޯޓުތަކުން ޖޭއެސްސީއަށް އައްޔަން ކުރާނެ ފަނޑިޔާރަކު ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ އަލީ ޝަރީފެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން އަލީ ޝަރީފަށް ލިބިވަޑައިގެންނެވީ 127 ވޯޓެވެ. އޭނާއާއި އެކު މި އިންތިޚާބުގައި ވާދަ ކުރެއްވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް ލިބިވަޑައިގެންނެވީ 37 ވޯޓެވެ. އަދި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއް ރައްޒާގަށް ލިބިވަޑައިގެންނެވީ އެންމެ ވޯޓެކެވެ.

Advertisement

ދަށު ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ވޯޓު ލުމުގެ ހައްގު 178 ފަނޑިޔާރަކަށް ލިބިވަޑައިގަންނަވާއިރު 167 ފަނޑިޔާރަކު ވަނީ ވޯޓު ދެއްވާފައެވެ.

ޖޭއެސްސީއަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ ދައުރު ވެސް މިއަހަރު ހަމަވާތީ އެ މަގާމަށް ވެސް ތިން ބޭފުޅަކު މިހާރު ވަނީ ކުރިމަތިލައްވައިފަ އެވެ. އެއީ ޚާލިދު ޤާސިމާއި ޒުބައިރު އަހްމަދު މަނިކާއި މިރުފަތު ފާއިޒެވެ. ނަމަވެސް އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
24 އޯގަސްޓް 2019 | ހޮނިހިރު 22:00
މޫސާ ނީ
ޢަލީ ޝަރީފަށް މަރްޙަބާ