Advertisement
ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 13:16
މި އިންތިޚާބުގައި ތިން ފަނޑިޔާރުން ވާދަކުރައްވާ
މި އިންތިޚާބުގައި ތިން ފަނޑިޔާރުން ވާދަކުރައްވާ
މުހައްމަދު ޝަރުހާން
ޖުޑީޝަލް ސާރވިސް ކޮމިޝަން
ދަށު ކޯޓްތަކުގެ ތެރެއިން ޖޭއެސްސީއަށް ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓްލުން ކުރިއަށް
އިންތިޚާބުގެ ވޯޓް ލުން ކުރިއަށްދާނީ ހެދުނު 9 އަކުން ހަވީރު 5 ޖެހުމާއި ހަމައަށް
އިންތިޚާބުގައި ވޯޓް ލައްވާނީ ދަށު ކޯޓްތަކުގެ ފަނޑިޔާރުން
އިންތިޚާބުގައި 3 ފަނޑިޔާރަކު ވާދަކުރައްވާ

ދަށު ކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފަނޑިޔާރަކު ހޮވުމަށް ބާއްވާ، އިންތިޚާބުގެ ވޯޓް ލުން ފެށިގެން ކުރިއަށް އެބަދެއެވެ.

މި އިންތިޚާބުގެ ވޯޓް ލުން ކުރިއަށްދާނީ ހެދުނު 9 އަކުން ހަވީރު 5 ޖެހުމާއި ހަމައަށެވެ. އިންތިޚާބުގައި ވޯޓް ލައްވާނީ ދަށު ކޯޓްތަކުގެ ފަނޑިޔާރުންނެވެ. މި އިންތިޚާބުގެ ކަންތައް ރާވާ އިންތިޒާމް ކުރަމުންދަނީ އީސީންނެވެ.

އީސީގެ މެމްބަރު އަހްމަދު އަކްރަމް ރާއްޖެ އެމްވީއަށް ވިދާޅުވީ އިންތިޚާބުގެ ވޯޓް ލުން ހެދުނު 9 ޖެހިއިރުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ކަމަށެވެ. ރ. އަތޮޅުގެ ވޯޓް ލުން 9.45 ގައި ނިމިފައިވާތީވެ، އެ އަތޮޅުގެ ފޮށި މިހާރު ބަންދުކޮށްފައިވާ ކަމަށެވެ. އެ ފޮށި ބަންދުކުރިޔަސް، އެ ފޮށީގެ ވޯޓް ގުނަން ފަށާނީ 5 ޖެހުމުން ހުރިހާ ވޯޓް ފޮށިތައް ބަންދުކޮށް ނިމުމަށްފަހު ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. ރ. އަތޮޅު ފޮއްޓަށް ވޯޓް ލެއްވުމަށް ރެޖިސްޓަރކުރައްވާފައިވަނީ 13 ފަނޑިޔާރުންނެވެ. އަކްރަމް ވިދާޅުވީ ރެޖިސްޓަރ ކުރެއްވި 13 ފަނޑިޔާރުންވެސް ވޯޓް ލައްވާ ނިމިފައިވާ ކަމަށެވެ.

މި އިންތިޚާބުގައި ވޯޓް ލެއްވުމަށް މުޅި ރާއްޖެއިން 178 ފަނޑިޔާރުން ރެޖިސްޓަރ ކުރައްވާފައިވާ ކަމަށާއި، ވެރި ރަށް މާލެސިޓީ އިން 64 ފަނޑިޔާރުން ވޯޓް ލެއްވުމަށް ރެޖިސްޓަރ ކުރައްވާފައިވާ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.

Advertisement

އަކްރަމް ވިދާޅުވީ 5 ޖެހުމުން ވޯޓް ގުނަން ފަށާނެ ކަމަށާއި، ގުނައި ނިމުމުން ވަގުތީ ނަތީޖާ އިއުލާންކުރާނެ ކަމަށެވެ.

ދަށު ކޯޓްތަކުގެ ތެރެއިން ޖޭއެސްސީގައި އިންނަވާނެ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި 3 ފަނޑިޔާރަކު ވާދަކުރައްވައެވެ.އެއީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް،ލ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފާއި ދ. ކުޑަހުވަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދެވެ.

ދަށު ކޯޓުތަކުން ޖޭއެސްސީއަށް މެމްބަރަކު އިންތިޚާބު ކުރަނީ ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު އިންނަވާ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހު ހަމަވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް