Advertisement
ކ. މާލެ
|
24 އޯގަސްޓް 2019 | ހޮނިހިރު 08:26
އެމެޒަން ރެއިން ފޮރެސްޓްގައި އަނދަމުންދާ އަލިފާން
އެމެޒަން ރެއިން ފޮރެސްޓްގައި އަނދަމުންދާ އަލިފާން
ގޫގުލް
ރައީސް
އެމެޒަން ރެއިންފޮރެސްޓް އަނދަމުންދާތީ ހިތާމަ ކުރަން : ރައީސް ސޯލިހް
މިހެން ވިދާޅުވީ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގަ
ޓްވީޓުގައި ވަނީ ރާއްޖެ އަކީ ތިމާވެއްޓަށް ނާޒުކު ގައުމަކަށް ވެފައި، އެމެޒަން ހިމާޔަތްކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް އިލްތިމާސްކުރައްވާފަ
ދުނިޔޭގެ 20 އިންސައްތަ އޮކްސިޖަން އުފައްދަނީ އެމެޒަން ޖަންގަލިން

ބްރެޒިލްގެ "އެމެޒަން ރެއިން ފޮރެސްޓް" އަނދަމުންދާތީ ހިތާމަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މިހެން ވިދާޅުވީ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ކުރެއްވި ޓްވީޓުގައި، ރާއްޖެ އަކީ ތިމާވެށި ނާޒުކު ގައުމަކަށް ވުމުން، ގައުމުގެ ހުރިހާ ރައްޔިތުންގެ ފަރާތުން އެމެޒަން ހިމާޔަތްކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް މުޅި ދުނިޔެއަށް އިލްތިމާސްކުރައްވާފައިވެއެވެ.

ބްރެޒިލްގެ އެމެޒަން ޖަންގަލީގައި އަލިފާން ރޯވެފައިވަނީ އަންގާރަ ދުވަހު ކަމަށް ޚަބަރުތަކުން ބުނެއެވެ. މިއަހަރު އެކަނިވެސް އެމެޒަން ޖަންގަލީގައި 74,000 (ހަތްދިހަ ހަތަރުހާސް) އަލިފާނުގެ ހާދިސާ ހިނގާފައިވެއެވެ.

ޖަންގަލީގައި އަލިފާން ރޯކޮށްލާފައިވަނީ ދަނޑުވެރިކަން ކުރާމީހުން ކަމަށް ތިމާވެށި ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އަދި އަލިފާން ރޯކުރުމުގެ ބޭނުމަކީ ދަނޑުވެރިކަން ކުރުމަށް ބިން ހުސް ކުރުން ކަމަށް ވެސް ޚަބަރުތަކުން މައުލޫމާތު ލިބެއެވެ.

ދުނިޔޭގެ އޮކްސިޖަންގެ 20 އިންސައްތަ އެމެޒަން ރެއިންފޮރެސްޓް އިން އުފައްދާއިރު ޖަންގަލީގައި ރޯވެ، އަނދަމުންދާތާ 4 ދުވަސް ވަނީ ވެފައެވެ. މިކަމާއި ގުޅިގެން މުޅި ދުނިޔެއިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް