ސ. ހިތަދޫ
|
23 އޯގަސްޓް 2019 | ހުކުރު 03:22
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ރާއްޖެއެމްވީ
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ރައްޔިތުން ބޭނުންވާ ބައެއް ޚިދުމަތްތައް ހޮސްޕިޓަލުން ފޯރުކޮށްދެވެން ނެތް: ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
މާލެ ފޮނުވައިގެން ޚިިދުމަތް ހޯދުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ވިދާޅުވި
ހޮސްޕިޓަލް ހިންގާތާ 34 އަހަރު ވަނީ ވެފައި
ދުވާލަކަށް 250 އާއި 300 އާ ދެމެދުގެ މީހުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށް ވިދާޅުވި

ރައްޔިތުން ބޭނުންވާ ބައެއް ޚިދުމަތްތައް ހޮސްޕިޓަލުން ފޯރުކޮށްދެވެން ނުހުންްނަ ކަމަށާއި، އައްޑޫ ސިޓީގައި ފޯރުކޮށްދެމުންދާ ސިއްޚީ ޚިދުމަތް މިހާރަށްވުރެ ފުޅާކުރަންޖެހޭ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހާލަތާއި ގުޅޭގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން އެ ހޮސްޕިޓަލްގެ ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ މުހައްމަދު ނަޒީމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބައެއް ޚިދުމަތްތައް އެ ހޮސްޕިޓަލުން ފޯރުކޮށްދެވެން ނެތް ކަމަށެވެ. އެގޮތުން ސީޓީ ސްކޭން، އެމްއާރުއައި، ފަދަ ޚިދުމަތްތަކަށް އައިޖީއެމްއެޗަށް ރިފަރ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން އައިސީޔޫގައި ބޭނުންވާ ޚިދުމަތްތަކާއި، އެންއައިސީޔޫގައި ވެސް ބޭނުންވާ ޚިދުމަތައް ނެތިގެން މާލެއަށް ފޮނުވަން ޖެހޭކަމަށް ނަޒީމް ވިދާޅުވިއެވެ. އަދި އެއީ ރައްޔިތންނަށް ދެވޭ ވަރަށް ބޮޑު ތަކްލީފެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދުވާލަކަށް 250 އާއި 300 އާއި ދެމެދުގެ އަދަދެއްގެގެ ބަލި މީހުންނަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އޮޕަރޭޝަނެއް ކުރަން ޖެހުނަސް ކުރެވެނީ ވަރަށް ކުދިކުދި އޮޕަރޭޝަންތައްކަން ވަނީ ފާހަގަ ކުރައްވާފައެވެ. ހޮސްޕިޓަލް ހިންގާތާ 34 އަހަރު ވެފައިވާއިރު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދޭން މުވައްޒަފުންގެ ދަތިކަން ދިމާވާކަން ފާހަގަ ކުރައްވާ ނަޒީމް ވިދާޅުވީ 16000 އަށް ވުރެ ބޮޑު އާބާދީއަކަށް ކޭޓަރ ކުރާވަރުގެ ސްޕެޝަލިސްޓުންނާއި ނަރުހުންނެއްވެސް އެ ހޮސްޕިޓަލްގައި ނެތްކަމަށެވެ.

އެކަންކަން ހައްލު ކުރެވެން އޮތީ މިހާރު މިދޭ ޚިދުމަތްތަކަށް ވުރެ ވަރަށް ގިނަ ޚިދުމަތްތަކެއް އެ ހޮސްޕިޓަލަށް ތައާރަފްކުރެވި ދޭނެފެށިގެން ކަމަށް ނަޒީމް ވިދާޅުވިއެވެ.

މިސާލަކަށް ބުނާކަމަށްވަންޏާ ކަށީގެ ޑިޕާޓްމަންޓެއް އެބަ އިނދޭ އެހެން ނަމަވެސް އެކަށީގެ ޑިޕާޓްމަންޓް އެންމެ ރަނގަޅަކަށް ނޫން މަސައްކަތް ކުރަނީ.
ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ މުހައްމަދު ނަޒީމް

ކުރީގެ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރ (އީސީސީ) މިހާރު ހޮސްޕިޓަލަކަށް ބަދަލުވެގެންދާއިރު މިހުރިހާ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ނަޒީމް ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި ހުރި ޚިދުމަތްތަކާއި އެއް ފެންވަރެއްގައި މުސްތަގްބަލުގައި ޓާޝިޔަރީ ހޮސްޕިޓަލްގައި ހުންނާނެ ކަމަށް އުއްމީދު ކުރަނީ.
ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ މުހައްމަދު ނަޒީމް
- ކޮމެންޓް