Advertisement
ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 15:16
ކުރީގެ ރައީސް ޔާމީން (ކ) އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ރައީސް ޔާމީން (ކ) އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރައީސް އޮފީސް
ކްރިމިނަލް ކޯޓު
އަދީބު ޔާމީނަށް: "ހީވަނީ ކެމްޕޭނަކީ އެމްއެމްޕީއާރްސީގެ ފައިސާހެން"
ހުރިހާ ޕާޓީއަށް ވެސް އެނގިލައްވާނެ ބިލިއަނުން މިލިއަނުން ފައިސާ ނުދެއްވާނެ ކެންޕެއިނަކަށް
މިލިއަނުން އެޑްވާންސްކޮށް ކެމްޕެއިން ފައިސާ ދީފައެއް ނުހުންނާނެ

އެސްއޯއެފްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ފައިސާ ނުހުންނާނެ ކަމަށާއި އެމަނިކުފާނު ވާހަކަ ދައްކަވާ ގޮތުން ހީވެލައްވަނީ "ކެމްޕޭނަކީ އެމްއެމްޕީއާރްސީގެ ފައިސާހެން" ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑްރިން ދައުވާ ކުރާ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެއްކެތްގެ ގޮތުގައި އަދީބު ހާޒިރުކުރުމުން، އަދީބު ވަނީ ހެކިބަސް ދެއްވާފައެވެ.

ޝަރީއަތުގައި ކެމްޕޭނަށް ލިބޭ ފައިސާތަކާ ގުޅޭގޮތުން އަދީބާއި ރައީސް ޔާމީންއާ ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ހިނގި އެވެ.

Advertisement

ރައީސް ޔާމީން މީގެކުރީ އަޑުއެހުމުގައި ވަނީ އެމަނިކުފާނުގެ ނަންފުޅުގައި އިސްލާމިކް ބޭންކް އެކައުންޓަށް ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފްއިން އެމަނިކުފާނު އެކައުންޓަށް ޖަމާކުރީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ކެމްޕެއިން ފައިސާ ކަމަށެވެ.

އަދީބު ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސަކަށް ހުންނެވުމާއެކު ކެމްޕެއިން ފައިސާ އޭނާ ގެންގުޅުއްވާ ކަމަށާއި ކެންޕެއިނަށް ލިބޭ ފައިސާއަކީ ފަންޑު ރައިސްކޮށްގެން ހޯދާ ފައިސާ ކަމަށެވެ. އެ ފައިސާ ބޭނުން ކުރަނީ ކެމްޕެއިނެއް ކައިރިވުމުން ކަމަށާއި މީހެއްގެ އަތުން ލިބެނީ ވެސް އެއް ލައްކަ ދެ ލައްކައެއްހާ ރުފިޔާ ކަމަށެވެ.އަދި މިލިއަނުން ފައިސާ ނުލިބޭ ކަމަށެވެ.

  • އަދީބު: އެހެންވީމާ މިލިއަނުން މިލިއަނުން އަޅުގަނޑަށް މީހުން ކެންޕެއިނަށް ފައިސާ ދެއްވާއިރު ރައީސް ޔާމީން ކައިރީގައި ވިދާޅުވެސް ނުވޭ މީހަކަށް ދެއްވަން ވެސް. އެހެންތޯ ތިވިދާޅުވަނީ.
  • ޔާމީން: އެހެން މި ދަންނަވަނީ.
  • އަދީބު: އެހެންވެއްޖިއްޔާ ތިއީ އިތުރުފުޅެއް އިނގޭތޯ.
  • ޔާމީން: ނޫން އަޅުގަނޑަކަށް ނޭނގޭ އަޅުގަނޑަކަށް ނޭނގޭ ކޮންމެ މީހަކު ދޭ ކޮންމެ ފައިސާއެއް. ކޮންމެ މީހަކު ދޭ ކޮންމެ އަދަދެއްގެ ފައިސާއެއް އަޅުގަނޑަކަށް ނޭނގޭނޭ. އެހެން މިދަންނަވަނީ.
  • އަދީބު: އެހެން ނަމަވެސް މިލިއަނުން މިލިއަން ޑޮލަރުގެ ފައިސާގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ. އެއްވެސް ސިޔާސީ ޕާޓީއެއްގައި ސިޔާސީ ޕާޓީތައް މިއަދުވެސް ޕީޕީއެމް ދަރަނިވެފަ އެއޮތީ. އަދި ހަމައެހެންމެ ހުރިހާ ޕާޓީއަށް ވެސް އެނގިލައްވާނެ މިލިއަނުން މިލިއަނުން ފައިސާ ނުދެއްވާނެ ކެންޕެއިނަކަށް. މީހުންނަށް ނުލިބޭ ފައިސާއެއް. ރައީސް ޔާމީންގެ ކެންޕެއިން ތީއަޅުގަނޑަށް ހީވަނީ ރައީސް ޔާމީން ކެންޕެއިން ތި ކިޔުއްވަނީ، އެމްއެމްޕީއާރުސީގެ ފައިސާއަށް ތި ކިޔުއްވަނީ ކެންޕެއިނެއް ހެން. އެއީ މިހާރު އަޅުގަނޑަށް ސިފަވާ ގޮތަކީ.
  • ޔާމީން: ނޫން ތީ ސިފަވާގޮތް ދެއްތޯ. ތީ ސިފަވާ ގޮތް. ތިވާހަކަ އެއް ނޫން އަޅުގަނޑު މި ދެންނެވީ.

ޝަރީއަތުގައި އަދީބު ވިދާޅުވީ ޝަރީއަތުގައި އޭނާ ދައްކާ ވާހަކައަކުން ހުކުމެއް އައިކަމުގައި ވީނަމަވެސް މައްސަލައެއް ނެތްކަމަށާއި ރައްޔިތުންނަށް އެމައްސަލައިގެ ހަގީގަތް އެނގެން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންނަށް ރައްޔިތުންގެ ފައިސާ ލިބެން އެބަޖެހޭކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވިއެވެ.

އޭނާ ވެސް އަދި ރައީސް ޔާމީން ވެސް ގާނޫނާއި ޚިލާފަށް ކަންތައްތައް ކުރައްވާފައިވާކަން ގަބޫލު ކުރައްވާކަމަށް ވެސް ޝަރީއަތުގައި އަދީބު ވިދާޅުވިއެވެ. އަދި އެކަމަށް އެދެބޭފުޅުން ވެސް ޒިންމާ ނަންގަވަންޖެހޭ ކަމަށް އަދީބު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް އެކައުންޓުން ދެފަހަރެއްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައި ވެއެވެ. އެކަމުގައި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރާއިރު އެފައިސާ އޭސީސީއާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވުން ހަދާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ނަމަވެސް އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމާއި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އެފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވެއެވެ. އެ އެއް މިލިއަން ޑޮލަރަކީ ގދ. ވޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް