ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 07:35
ކުރީގެ ފިނޭންސް މިނިސްޓަރު ޕަލަނިއައްޕަން ޗިދަމްބަރަމް
ކުރީގެ ފިނޭންސް މިނިސްޓަރު ޕަލަނިއައްޕަން ޗިދަމްބަރަމް
ބީބީސީ
އިންޑިއާ ސިޔާސީ މަސްރަހު
އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޕަލަނިއައްޕަން ޗިދަމްބަރަމް ހައްޔަރުކޮށްފި
ޕަލަނިއައްޕަން ޗިދަމްބަރަމް މިތުހުމަތުތައް ދޮގުކުރޭ
މިއީ ސަރުކާރު ހިންގާ މައިޕާޓީން ސިޔާސީ ވަކި ބޭނުމަކަށް ކުރާ ކަމެއް ކަމަށް ލޯޔަރު ވިދާޅުވި

ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޕަލަނިއައްޕަން ޗިދަމްބަރަމް ހައްޔަރުކޮށްފިއެވެ.

ޕަލަނިއައްޕަން ޗިދަމްބަރަމް ހައްޔަރުކޮށްފައިވަނީ ކޮރަޕްޝަންއާ މަނީ ލޯންޑަރިންގެ ތުހުމަތުގައެވެ.

ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އިން ޕަލަނިއައްޕަން ޗިދަމްބަރަމް ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެވަގުތު އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ނޫސްވެރިން އެސަރަހައްދަށް ޖަމާވިއެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން ޕަލަނިއައްޕަން ޗިދަމްބަރަމް ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު 2007 ވަނަ އަހަރު އައިއެންއެކްސް ގްރޫޕް ނަމަކަށް ކިޔާ ބޭރުގެ ކުންފުންޏަކުން ރިޝްވަތު ފައިސާ ނެންގެވުމަށްފަހު ޕްރޮޖެކްޓްތައް އެކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަނީ އެކުންފުނީގެ އަތުން ފައިސާ ނެގުމަށްފަހު އެމީހުންގެ އިންވެސްޓްމެންޓްތަކަށް ޖާގަ ދީފައެވެ.

ނަމަވެސް 73 އަހަރުގެ ޕަލަނިއައްޕަން ޗިދަމްބަރަމް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. މިމައްސަލައާ ގުޅިގެން ޕަލަނިއައްޕަން ޗިދަމްބަރަމްގެ ލޯޔަރު ވިދާޅުވީ މިއީ ސަރުކާރު ހިންގާ މައިޕާޓީން ސިޔާސީ ވަކި ބޭނުމަކަށް ކުރާ ކަމެއް ކަމަށެވެ.

ޕަލަނިއައްޕަން ޗިދަމްބަރަމް އަކީ އިންޑިއާގެ އިދިކޮޅު މައި ޕާޓީ ކޮންގްރެސް ޕާޓީގެ އިސް ބޭފުޅެކެވެ. 1984 ވަނަ އަހަރުން ފެށިގެން މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދި އޭގެ ކުރިން ހޯމް މިނިސްޓަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

- ކޮމެންޓް