Advertisement
ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 00:19
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
އެމްއޭސީއެލް
ފުލުހުން
އެއާޕޯޓުގައި ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވަނީ ވަކި ޚާއްސަ ނުރައްކަލެއް ކުރިމަތިވެގެން ނޫން: ފުލުހުން
ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ދަނީ އެއާޕޯޓުގައި ހަރަކާތްތެރިވަމުން
ވެހިކަލްތައް ޗެކް ކުރަމުން އެބަދޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވަނީ ވަކި ޚާއްސަ ނުރައްކަލެއް ކުރިމަތިވެގެން ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

އެއްވެސް ނުރައްކަލެއް ނެތް ކަމަށް ފުލުހުން ބުނެފައި މިވަނީ އެއާޕޯޓް ކުއްލި ހާލަތަކަށް ގެނެސްފި ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށްށެވެ.

Advertisement

ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ބުދަ ދުވަހުގެރޭ ސެކިއުރިޓީ ވަރުގަދަ ކުރެވިފައިވަނީ ސަލާމަތީ ބާރުތައް ގުޅިގެން ހެދި ސެކިއުރިޓީ އެސެސްމެންޓް އަކާ ގުޅިގެން އެކަހަލަ ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ކަމަށެވެ. އަދި މިއީ ވަކި ޚާއްސަ ނުރައްކަލަކާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ނޫން ކަމަށެވެ.

އެއާޕޯޓްގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާއިރު، ބައެއް ވެހިކަލްތައް ޗެކް ކުރުމުގެ މަސައްކަތް ސިފައިން ގެންދަނީ ކުރަމުންނެވެ. އަދި މާލޭގެ މަގުމަތީގައި ހަތިޔާރާއެކު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް