Advertisement
ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 23:41
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް.
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް.
ޖުޑީޝަލް ސަރވިސް ކޮމިޝަން
މުއައްސަސާތަކުގެ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓު ވަންތޯ ބެލުމަށް އެކުލަވާލި ރިޕޯޓް މަޖިލީހަށް
ރިޕޯޓުގައި ފާހަގަވަނީ ކޮން ކަންތައްތަކެއް ކަމެއް ޖޭއެސްސީއިން ހާމަކޮށްފައެއް ނުވޭ

މުއައްސަސާތަކުގެ ބާރުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމައިފިއެވެ.

ޖޭއެސްސީއިން ބުދަ ދުވަހު ބުނީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވޭތޯ ބެލުމަށް އެކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެެވެ. ނަމަވެސް އެ ރިޕޯޓުގައި ފާހަގަވަނީ ކޮން ކަންތައްތަކެއް ކަމެއް ޖޭއެސްސީއިން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

މީގެ އިތުރުން ޖޭއެސްސީއިން ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ގއ. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގައިވާ މުހައްމަދު އިބްރާހީމްއާ ގުޅޭގޮތުން ޖޭއެސްސީން ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެއްގެ ގޮތުން އޭނާއަށް ނަސޭހަތް ދިނުމަށް ވެސް ނިންމާފައެވެ.

ބުދަ ދުވަހު ޖޭއެސްސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ޖޭއެސްސީގެ ރައީސް އަބްދުﷲ އާރިފާއި، ނައިބު ރައީސް މަސްތޫރު ހުސްނީއާި، މެމްބަރު މުހައްމަދު ނަޝީދާއި މެމްބަރު އަބްދުއްރައޫފް އިބްރާހީމާއި، މެމްބަރު ޑރ. އަލީ ޝަމީމްގެ އިތުރުން މެމްބަރު އަބްދުއްމާނިއު ހުސެއިނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް