Advertisement
ކ. މާލެ
|
21 އޯގަސްޓް 2019 | ބުދަ 00:27
ފުވައްމުލަކު ސިޓީ ފްލެޓްތައް
ފުވައްމުލަކު ސިޓީ ފްލެޓްތައް
ސޯޝަލް މީޑިއާ
ފްލެޓް
ފުވައްމުލަކުން ފްލެޓު ލިބުނު މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 އޮގަސްޓްގެ ކުރިން ޝަކުވާ ހުށަހަޅަންޖެހޭ
ފުވައްމުލަކުގައި އިތުރު 800 ހައުސިން ޔުނިޓް އަޅުމަށް ވަނީ ނިންމާފައި

ސަރުކާރުގެ ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން، ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ 200 ފްލެޓްގެ ތެރެއިން ހުޅުވައިލި 140 ފްލެޓަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓް އާންމުކޮށް، އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފުވައްމުލަކު ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ކެޓަގަރީ އޭ ގެ ދަށުން ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޚާއްސަ ކުރެވުނު 120 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކާއި ކެޓަގަރީ ބީ ގެ ދަށުން ފުވައްމުލަކަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކުރެވުނު 20 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް އާންމުކޮށް އިއުލާންކޮށްފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 27 އޮގަސްޓް ވާ އަންގާރަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ލިޔުމުން ހުށަހެޅުމަށް އެދޭ ކަމަށެވެ.

Advertisement

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ފައިނަލް ލިސްޓް އާންމު ކުރާނީ މިހާރު އާންމުކޮށްފައިވާ ލިސްޓަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ލިސްޓަށް ގެންނަށް ޖެހޭ އުނިއިތުރެއް ވާނަމަ އެ އުނިއިތުރެއް ގެނައުމަށް ފަހު ކަމަށެވެ.

ރައީސް ސޯލިހު ސަރުކާރުގެ ބޯހިޔާވަކަމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އިތުރު 800 ހައުސިން ޔުނިޓް އަޅަން ވެސް ވަނީ ނިންމައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް