އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އިން ކުރިއަށް ގެންދާ މާސްޓަރ އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް (ޕޮލިސިންގް އެންޑް ސެކިއުރިޓީ) ޕްރޮގްރާމުގެ ދެވަނަ ބުރު މިއަހަރުގެ ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިއްޖެއެވެ.
މި ކޯހަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ 16:00 ޖެހުމާއި ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކޯހާއި ގުޅޭ އިތުރު މަޢުލޫމާތާއި އެޕްލިކޭޝަން ފޯމު، އައިލްސްގެ ވެބްސައިޓްwww.isles.edu.mvއަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްwww.police.gov.mvއިންވެސް އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. މީގެ އިތުރުން އައިލްސް ކޮލެޖުގެ ސްޓޫޑެންޓް ސަރވިސް ކައުންޓަރުން ވެސް އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ. އަދި ރަސްމީގަޑީގައި އަމީނީމަގުގައި ހުންނަ އިސްކަންދަރު ކޮށި ސެކިއުރިޓީ ޕޯސްޓުން ވެސް އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.
އެޕްލިކޭޝަން ފޯމާއި ސީ.ވީ ހުށަހަޅާނީ އައިލްސް ކޮލެޖުގެ ސްޓޫޑެންޓް ސަރވިސް ކައުންޓަރަށް ނުވަތަ އައިލްސްގެ އީ.މެއިލް އެޑްރެސް[email protected]އަށެވެ.
މި އަހަރުގެ ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާރޓް ޔުނިވާސިޓީ އާއި އައިލްސް ގުޅިގެން، ތަންފީޒީ އަދި ސެކިއުރިޓީ ދާއިރާތަކަށް ކަމާއި ގުޅުންހުރި ޢިލްމާއި ޤާބިލުކަން ހުރި ލީޑަރުން ބިނާ ކުރުމަށް ހިންގާ ކޯހެކެވެ. މި ކޯހުގައި ކިޔަވާދެއްވަނީ ޗާލްސް ސްޓަރޓް ޔުނިވާސިޓީގެ ތަޖުރިބާކާރު ޕްރޮފެސަރ ފެންވަރުގެ މުދައްރިބުން ކަމަށް ފުލުހުން ބުނެއެވެ.
މި ކޯހާ ގުޅޭ އިތުރު މައުލޫމާތު އައިލްސްގެ ނަންބަރު 9637845 ލިބޭނެއެވެ.