Advertisement
ކ. މާލެ
|
19 އޯގަސްޓް 2019 | ހޯމަ 19:59
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
އެމްޑީޕީ
ސުޕަރ ކޮމެޓީ އެކުލަވާލުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ރުހުމެއް ނުދިން
އެގޮތަށް ނިންމާފައިވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ބޭއްވުނު ޕީޖީ ބައްދަލުވުމުގައި
އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ބޭއްވުނު ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައިވެސް އެ އިސްލާހާ ގުޅޭގޮތުން މަޝްވަރާކުރެވުނު
ޕީޖީ އެ އިސްލާހަށް ތާއީދު ނުލިބުމުން އިސްލާހް މަޖިލީހަށް ހުށައެއް ނާޅާނެ

މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ މެމްބަރުނާއި އިންޓަވިއުކޮށް، މާރކްސް ދިނުމާއި، ވަކިކުރުމަށް ޚާއްސަ ކޮމިޓީއެއް (ސުޕަރ ކޮމެޓީ) އެކުލަވާލުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ދެކޮޅު ހަދައިފި އެވެ.

މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ މެމްބަރުންނާއި އިންޓަރވިއުކޮށް، މާރކްސް ދިނުމާއި، އެ މުއައްސަސާތަކަށް އައްޔަންކުރެވޭ ފަރާތްތައް ވަކިކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އަދި އެ މުއައްސަސާއަކީ ގުޅޭ ހާއްސަ ކޮމެޓީންނެވެ. ނަމަވެސް ރައީސް ނަޝީދު ހުށަހެޅުއްވީ މިނިވަން މުއައްސަސާތަކަށް އައްޔަންކުރާ މެމްބަރުންނަށް އިންޓަވިއުކޮށް، މާކްސް ދިނުމާއި، ވަކިކުރުމަކީ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ޝާމިލްވުން އޮންނަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ އެކަމަށް ސުޕަރ ކޮމެޓީއެއް އެކުލަވާލުމަށެވެ.

ރައީސް ނަޝީދު މަޖިލީހުގެ ގަވާއިދަށް ގެންނަން ބޭނުންފުޅުވާ އެ އިސްލާހު އޮގަސްޓް މަހުގެ 4 ވަނަ ދުވަހުގެރޭ އޮތް ޕީޖީ ގްރޫފްގެ ބައްދަލުވުމަށް ހުށަހެޅުއްވި އެވެ. އެނގިފައިވާގޮތުން އޮގަސްޓް މަހުގެ 5 ވަނަ ދުވަހު ބޭއްވުނު ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ވެސް މެމްބަރުންގެ މެދުގައި އެކަމާމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވެއެވެ. އެ ދުވަހުގެ ބައްދަލުވުން ނިންމާލާފައިވަނީ ވަކިގޮތެއް ނުނިމި އެވެ.

Advertisement

އޭގެފަހުން ހޯމަ ދުވަހު ބޭއްވުނު ޕީޖީ ބައްދަލުވުމުގައި އެ އިސްލާހަށް ވޯޓަށް އެހުމުން ގިނަ މެމްބަރުން ވޯޓު ދެއްވީ ސުޕަރ ކޮމެޓީއެއް އުފައްދަން ނުފެންނަކަމަށެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރު، އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ދެން މިނިވަން މުއައްސަސާތަކަށް މެމްބަރުންގެ އައްޔަނުކުރުމުގެ ކަންތައް ކުރިއަށް ދާނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއިންނާއި، އެ މުއައްސަސާއަކާއި ގުޅުންހުރި އިތުރު ކޮމެޓީތަކުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް